މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރިންސަސް ސްރިނަގަރިންދްރާ އެވޯޑް 2025 އާ ގުޅޭ

ތައިލޭންޑްގެ ޕްރިންސަސް، ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާ ގުޅުވައިގެން ތަޢާރަފުކޮށްފައިވާ "ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. މި އެވޯޑަކީ ނަރުހުންނާއި ފޫޅުމައިންނަށް އަމާޒުކޮށްގެން އެދާއިރާގައި އިޖުތިމާޢީ ކުރިއެރުމަށް ކުރެވޭ މަސައްކަތް ފާހަގަކޮށް ދެވޭ އެވޯޑެކެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 30 އޭޕްރިލް 2025 (ބުދަ) ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަން އަށް އެޑްރެސްކޮށް ފޯމު ހުށަހެޅުމަށް އެދި ދެންނެވީމެވެ. އަދި މި ޑިވިޜަންގެ އީމެއިލް ([email protected]) މެދުވެރިކޮށްވެސް ފޯމު ހުށަހެޅިދާނެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ޚާއްޞަކުރެވިފައިވާ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ. (http://www.princess-srinagarindraaward.org/) އަދި މި މިނިސްޓްރީގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަންގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

17 މާރިޗު 2025
ހޯދާ