ދިވެހިރާއްޖެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން އިސްވާރު - 'ވިމެން އިން ލޯކަލް ގަވަރނަންސް ޓްރެއިނިންގ'ގެ ނަމުގައި ޓްރެއިނިންގ ޕްރޮގްރާމެއް 2025 އޭޕްރިލް 24 އިން 30އަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުން ހުޅުވާލެވިފައިވަނީ ހއ، ހދ، ށ އަދި ނ، އަތޮޅުގައި ދިރިއުޅޭ 18
އަހަރުން މަތީގެ އަންހެން ބޭފުޅުންނަށެވެ. ޕްރޮގްރާމްގެ ބައިވެރިވާ ފަރާތްތަކުގެ ހުރުމާއި، ކެއުމާއި، ދިރިއުޅޭ ރަށުން ކުޅުދުއްފުއްޓަށް ގެންދިޔުމުގެ ދަތުރު ހަރަދު ހަމަޖައްސަވާނީ ޔޫ.އެން.ޑީ.ޕީގެ ފަރާތުންނެވެ.
މި ޕްރޮގުރާމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ ލިންކް މެދުވެރިކޮށް، 2025 މާރިޗު 22 ވަނަ ދުވަހުގެ ނިޔަލަށް ރެޖިސްޓަރކޮށް ދެއްވުން އެދި ދެންނެވީމެވެ.
ޕްރޮގްރާމަށް ރެޖިސްޓަރވުމުގެ ލިންކު: https://forms.office.com/e/ZS4qTCYh1a