އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
މަރާމާތު މަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ އައުޓް ޑޯރ ޕްލޭ އޭރިޔާގައި ކުރަންވެފައިހުރި، ތިރީގައި މި ދަންނަވާ މަރާމާތުތައް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް މަސައްކަތް ކޮށްދެވޭނެ އަގު (ކޯޓޭޝަން) ހުށައެޅުމަށް ހުޅުވާލަމެވެ.

  1. ޕްލޭ އޭރިޔާގައި މިހާރު އޮތް އަވިނެޓް މަރާމާތުކޮށް އިތުރު އައު އަވި ނެޓަކާއެކު ދެމުން.
  2. ޕްލޭ އޭރިޔާގައި ހުރި ދާގަނޑުތަކާއި އުނދޯލިތައް އެލުވާފައި ހުރި ވާތައް އާކުރުން. މި މަސައްކަތަށް ބޭނުންވާ ވާ ދޭނީ މި ސްކޫލުންނެވެ.
  3. ވެލިކުޅޭ ތަނުގެ (ސޭންޑް ޕިޓްގެ) މަތި ފަސޭހައިން އެޅޭގޮތަށް ހެދުމާއި، އައު ދޮންވެލި އެޅުން.
  4. ޕްލޭ އޭރިޔާގެ ހަލާކުވެފައިހުރި ގޭޓް ނެގުން.
  5. އަވިނެޓް ދަމާފައިވާ ދަނގަނޑު ހޮޅީގެ ފްރޭމުގައި ބިމަށް ޖަހާފައިވާ ހޮޅިތަކުން ދަބަރު ކަހާ، ދަވާދުލުން.

ދެންނެވުނު މަރާމާތުތައް އިތުރަށް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި ސްކޫލަށް ދުރުވުމުން އެ އިންތިޒާމު ހަމަޖައްސައި ދެވޭނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ‏2025‏ މާރޗް‏ 20‏ ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން އުލިގަމު ސްކޫލަށް އަގު (ކޯޓޭޝަން) ހުށައެޅުއްވުން އެދެމެވެ. މަސައްކަތް ކޮށްދެވޭނެ އަގާއި، މުއްދަތާއި، އަދި ކޯޓޭޝަންގެ މުއްދަތު ކޯޓޭޝަނުގައި ހިމެނުއްވުން އެދެމެވެ. އީމެއިލުން ހުށައަޅުއްވާނަމަ ކޯޓޭޝަން ފޮނުއްވާނީ [email protected] އަށެވެ.

17 މާރިޗު 2025
ހޯދާ