ދިވެހިރާއްޖެ
މ.އަތޮޅު ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކޮށް، ފުޓްސަލް ކުޅެން ލޯބިކުރާ ޒުވާނުންނަށް ފުރުޞަތު ހޯދައި ދިނުމާއި، ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމާއި، މ. އަތޮޅުގައި ހުނަރުވެރި މޮޅު ފުޓްސަލް ކުޅުންތެރިން އުފެއްދެމާއި،ރާއްޖޭގެ ޤައުމީފެންވަރުގައި ވާދަކުރާނެ ކުޅުންތެރިންތަކެއް އުފެއްދުމާއި އަދި މި ކުޅިވަރުގެ ސަބަބުން ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމުގެ މަޤުޞަދުގައި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ "މ. އަތޮޅު ކައުންސިލްގެ ފުޓްސަލް މުބާރާތް 2025" 2025 މެއި 15 ވަނަ ދުވަހު މ. ކޮޅުފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރިހަމަކޮށް 2025 އެޕްރީލް 13 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޮނުއްވައި ދެއްވުން އެދެމެވެ. އަދި މި މުބާރާތުގެ ހިންގާ ޤަވާޢިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި ކައުންސިލް އިދާރާއިންނާއި ރަށުކައުންސިލް އިދާރާތަކުން ލިބެންހުންނާނެއެވެ.