މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަހަރީ އާންމު ޖަލްސާ
މިއެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ 29 މާރޗް 2025 ވާ ހޮނިހިރު ދުވަހުގެރޭ 22:00 ގައި އެމް.އެން.އައި.އެސް ސެމިނަރ ރޫމް (ހ.ބޯޅަގެ، 3 ވަނަ ފަންގިފިލާ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މިޖަލްސާގައި ބައިވެރިވުމަށް މިއެސޯސިއޭޝަންގެ މެމްބަރު ކުލަބް/ޖަމްޢިއްޔާ ތަކުން 2 ބޭފުޅެއްގެ ނަން (ވޯޓު ލާންޖެހިއްޖެ ހާލަތެއްގައި ވޯޓުލާނެ ފަރާތް އެނގޭނޭގޮތައް) ބަޔާންކޮށް 27 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އަދި އަހަރީ އާންމު ޖަލްސާއަށް މިއެސޯސިއޭޝަންގެ މެމްބަރު ކްލަބް/ޖަމްޢިއްޔާތަކުން ހުށަހަޅަން ބޭނުންވާ ކަމެއް ވާނަމަ އެކަން ލިޔުމަކުން 22 މާރޗް 2024 ވާ ހޮނިހިރު ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެއްޅުއްވުން އެދެމެވެ.
ޖަލްސާގެ އެޖެންޑާ؛
- ޖަލްސާ ތަޢާރަފް ކުރުން
- 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
- 2024 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް އިއްވުމާއި ފާސްކުރުން
- 2024 ވަނަ އަހަރުގެ މާލީ ރިޕޯރޓް އިއްވުމާއި ފާސްކުރުން
- 2025 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން
- އެމް.ބީ.އޭ ގެ އޮޑިޓަރ އަކަށް ހުންނާނެ ފަރާތެއް ފާސްކުރުން
- މެންބަރުން ހުށައަޅާފައިވާ މައްސަލަ
- ހިންގާ ކޮމިޓީއިން ހުށައަޅާފައިވާ މައްސަލަ
- އެހެނިހެން
16 މާރިޗު 2025
ހޯދާ