ދިވެހިރާއްޖެ
މި އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ އާއި ގުޅޭގޮތުން 15 ފެބްރުއަރީ 2025 ގައި ކުރެވުނު އިޢުލާން ނަންބަރު TTAM/IUL/141/2025/003 އާއި 13 މަރިޗު 2025 ގައި ކުރެވުނު އިޢުލާން ނަންބަރު TTAM/IUL/141/2025/004 އާއި ޙަވާލާދީ ދަންނަވަމެވެ.
އިޢުލާންކޮށްފައިވާ ގޮތުގެ މަތިން މިއެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ 20 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެރޭ 21:30 ހ.ބޯޅަގެ ސެމިނަރ ރޫމް ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ. އަދި، ހިންގާ ޣަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިއެސޯސިއޭޝަންގެ މެމްބަރުކަން ކަށަވަރު ކޮށްފައިވާ 2025 ވަނަ އަހަރަށް މެމްބަރޝިޕް ފީ ދައްކާފައިވާ މެމްބަރުންގެ ލިސްޓް އަދި އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމުގެ ހައްޤު ލިބިފައިވާ މެމްބަރުންގެ ލިސްޓް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާކަން ދަންނަވަމެވެ.
މެންބަރުންގެ ލިސްޓާމެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއްވަނަމަ ނުވަތަ މަޢުލޫމާތެއް އޮޅުންފިލުވަން ބޫނުންފުޅުނަމަ 18 މާރިޗު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ލިޔުމަކުން ހުށަހެޅުއްވުންއެދެމެވެ.
އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެ ވޯޓްލުމުގެ ޙައްޤު ލިބިދޭނީ އިޢުލާން ނަންބަރު TTAM/IUL/141/2025/003 ގައި ވާފަދައިން ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން 28 ފެބްރުއަރީ 2025 ވާ ހުކުރު ދުވަހުގެ ނިޔަލަށް މިއަހަރުގެ އަހަރީ ފީ ދައްކާފައިވާ މެމްބަރުންނަށެވެ.
އަދި، ހިންގާ ޤަވާއިދުގެ 15 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުރިހަމަ މެމްބަރެއްގެ ގޮތުގައި އެސޯސިއޭޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކުން ތަމްޘީލް ކުރާނެ ޢާންމު ފަރުދަކު އެފަދަ ކްލަބް، ޖަމްޢިއްޔާ، އަދި ޖަމާޢަތެއްގެ މެމްބަރުންގެ ތެރެއިން ހޮވަންވާނެއެވެ. އެސޯސިއޭޝަންގެ ޖަލްސާއެއްގައި ބައިވެރިވުމަށް މަދުވެގެން 2 (ދޭއް) ދުވަސްކުރިން އެފަދަ ޢާންމު ފަރުދެއްގެ ނަމާއި، އޭނާގެ ވަނަވަރު އެސޯސިއޭޝަނަށް ފޮނުވަންވާނެއެވެ. މިގޮތުން ހަމަޖެއްސޭ މަންދޫބަށް ބަދަލެއް ގެނެވިއްޖެނަމަ އެކަން ވީއެންމެ އަވަހަކަށް އެސޯސިއޭޝަންއަށް އަންގަންވާނެއެވެ.
އަހަރީ އާޢްމު ޖަލްސާ އަށް އެންމެހާ މެމްބަރުން، އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން ހެންދުނު 10:00 ން 18:00 ށް މިއެސޯސިއޭޝަންގެ ހޮޓްލައިން 9794014 ނުވަތަ 10:00 އާއި 16:00 އާއި ދެމެދު 7778722 7779140 ނަންބަރާއި ގުޅުއްވުން ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.