ދިވެހިރާއްޖެ
މި އިޢުލާންވަނީ 23 މާރިޗު 2025 21:47 ގައި ބާތިލް ކުރެވިފައެވެ.
މުލަކަތޮޅު މުލަކު މާރަނގަ ގެސްޓްހައުސް ބޭނުންވާ އެލްމިނިއުމް ދޮރު ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 މާރިޗު 24 ވަނަ ދުވަހުގެ 13:00 ގައި މ. މުލަކު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމްތައް ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނު ނަންބަރު : 18/2014 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
މުލަކަތޮޅު މުލަކުކައުންސިލް އިދާރާ
މ. މުލައް
ފޯން: 9682182 / 6723713
އީމެއިލް: [email protected]
ނޯޓް: މި ޕްރޮޖެކްޓާއި ގުޅިގެން ބިޑް ރަޖިސްޓްރީ ކުރުން އަދި މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.