ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2025/033

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

އޮޑިޓަރ

ޑިޕާޓްމަންޓް:

އިންޓާނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-        ކުންފުނީގެ އަހަރީ ޕްލޭނާ އެއްގޮތަށް އިންޓަރނަލް އޮޑިޓްތައް ފުރިހަމަކުރުން.

-        ރިސްކްތައް ވަޒަންކޮށް އެވެލުއޭޓް ކުރުމުގެ ޤާބިލުކަން ހުރުން

-        ލީޑަރޝިޕް ސިފަތަކާއި ޓީމެއްގައި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

-        ރިޕޯޓު ލިޔުމާއި މުވާސަލާތުކުރުމުގެ ހުނަރު ލިބިފައިވުން

ޝަރުތުތައް:

-        އޭ.ސީ.ސީ.އޭ ލެވެލް 2 ފުރިހަމަކޮށްފައިވުން ނުވަތަ ފިނޭންސް އަދި އެކައުންޓިން ދާއިރާއިން ޑިގްރީ ސެޓިފިކެޓް އޮތުން

-        މަސައްކަތާއި ގުޅުންހުރި ދާއިރާއިން މަދުވެގެން 03 އަހަރުގެ ތަޖުރިބާ ހުރުން

-         SAPސޮފްޓްވެއަރ ބޭނުންކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ.

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 20 މާރިޗް 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

16 މާރިޗް 2025

16 މާރިޗު 2025
ހޯދާ