އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ގައި އޮފީސް ހިންގުމަށް އިމާރާތެއް ނުވަތަ ފަންގިފިލާއެއް 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފުން

ކުޅުދުއްފުށީ ސިޓީ ގައި ހުންނަ މިއޮފީހުގެ ސަރަހައްދީ އޮފީސް ހިންގުމަށް، 2 އަހަރު ދުވަހުގެ މުއްދަތަށް އިމާރާތެއް ނުވަތަ ފަންގިފިލާއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. މި ދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގައި ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބީލަމާ ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ.

މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9 އެޕްރީލް 2025 ވާ ބުދަ ދުވަހުގެ 16:00 ކުރިން[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 14 އެޕްރީލް 2025 ވާ ހޯމަ ދުވަހުގެ 11:00 އަށް ކުޅުދުއްފުށީ ސިޓީގައި ހުންނަ އެން.އޯ.ސީ އޮފީސް އެކުވެނި އިމާރާތުގެ ތިންވަނަ ފަންގިފިލާއަށް ވަޑައިގެން  އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

16 މާރިޗު 2025
ހޯދާ