ދިވެހިރާއްޖެ
އިޢުލާން
ރ. އަލިފުށި ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
(3 ވަނަ އިޢުލާން)
ރ. އަލިފުށި ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކުގެ ކުރިން ބިޑުފޮތް ގަނެ މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑު ގަތުން: |
2025 މާރިޗު 17 އިން 2025 އެޕްރީލް 09 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 12:00 އަށް އަލިފުށި ކައުންސިލް އިދާރާގައެވެ. ނުވަތަ އަލިފުށި ކައުންސިލްގެ އެކައުންޓު ނަންބަރު 7717700396001 (1339 REVENUE 1) އަށް ފައިސާ ޓްރާންސްފަރ ކުރައްވައި، ޓްރާންސްފަރ ސްލިޕް (ކުންފުނީގެ ނަން، ކުންފުނީގެ ރަޖިސްޓްރީ ނަންބަރު، ފައިސާގެ ތަފްސީލް އަދި ކޮންޓެކްޓް ނަންބަރު) ހިމަނުއްވާ [email protected] އަށް މެއިލް ކުރެއްވުމުން ބިޑް ޑޮކިއުމަންޓް ފޮނުވައިދެވޭނެއެވެ. ބިޑުފޮތުގެ އަގަކީ 500/- ރުފިޔާއެވެ. |
މަޢުލޫމާތު ސާފުކުރުން: |
2025 އެޕްރީލް 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
އަންދާސީ ހިސާބު ހުށަހެޅުން: |
2025 އެޕްރީލް 13 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
16 ރަމަޟާން 1446