ދިވެހިރާއްޖެ
ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު 269/269/2024/12(IUL) (24 ޖަނަވަރީ 2024) އިޢުލާނާއި ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް އާންމުކޮން އިޢުލާންކުރަމެވެ.
ވީމާ، މި ވަގުތީ ލިސްޓް އިޢުލާން ކުރުމާއެކު ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލުގެ 24ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން "ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކޮށް08 އޭޕްރީލް 2025ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ނުވަތަ މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ، ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލުގެ 23ވަނަ މާއްދާގެ (ށ) އަދި މިއުޞޫލުގެ 24ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓަށް އުނި އިތުރެއް އައިސްފިނަމަ، ވަގުތީ ލިސްޓް އިސްލާޙުކުރުމަށްފަހު އަލުން އިޢުލާން ކުރެވިގެންދާނެކަމުގައި މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.