ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް ޢާންމުކޮށް އިޢުލާންކޮށް، ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
މަސައްކަތު |
މަޤާމް: |
ދާއިމީ | މަޤާމުގެ ގިންތި: |
އެސް. އެސް. 1 |
މަޤާމުގެ ރޭންކް: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ހއ. ވަށަފަރު ޞިއްޙީ މަރުކަޒު |
އޮފީސް / އިދާރާ: |
އެޑްމިނިސްޓްރޭޝަން |
ސެކްޝަން: |
ހއ. ވަށަފަރު ޞިއްޙީ މަރުކަޒު |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
3100.00 ރުފިޔާ |
މުސާރަ: |
1000.00 ރުފިޔާ |
ސަރވިސް އެލެވަންސް: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން. |
މަގާމުގެ ޝަރުޠުތައް: |
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓްދިނުމަށްފަހު، އޭގެ ތެރެއިން އެންމެގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ޢުޞޫލުންނެވެ. އެގޮތުން ބެލެވޭނެ ކަންތައްތަކަކީ:
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، ހއ. ވަށަފަރު ޞިއްޙީ މަރުކަޒުގައެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ވަގުތުއޮއްވައި ލިޔުމުން އެފަރާތަކަށް އެންގޭނެއެވެ. |
އިންޓަވިއު އާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަންތައް ފޮނުވާނީ، 2015 އޮގަސްޓު 19 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވަށަފަރު ޞިއްޙީ މަރުކަޒަށެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
ކަނޑައެޅިފައިވާ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ހަމަޖެހިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ ޢުޞޫލުން ބަންދުދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ސިވިލް ސަރވިސްގެ ޤާވާޢިދާ އެއްގޮތްވާގޮތުގެމަތިން ލިބިދޭންޖެހޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. |
އުޖޫރައާއި ޢިނާޔަތްތައް: |
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ވަށަފަރު ޞިއްޙީ މަރުކަޒުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި މަރުކަޒުގެ 6500565 ނަންބަރު ފޯނަށެވެ. ގުޅާނީ ރަސްމީ ގަޑީގައެވެ. ފެކްސް ނަންބަރަކީ 6500565 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. |
އިތުރު މަޢުލޫމާތު: |
25 ޝައްޥާލް 1436 |