ދިވެހިރާއްޖެ
ވެލޯނިއާ ބްރަސަލްސް އިންޓަނޭޝަނަލް 2025/2026 |
ބެލްޖިއަމް ސަރުކާރުގެ ޔުނިވަރސިޓީއެއް ކަމުގައިވާ "ވެލޯނިއާ- ބްރަސަލްސް އިންޓަނޭޝަނަލް (ޑަބްލިޔު.ބީ.އައި) ސްކޮލަރޝިޕް 2025/2026 ވަނަ އަހަރަށް އިޢުލާނުކޮށްފައިވާ އެ ޔުނިވަރސިޓީގެ މާސްޓާރސް އަދި ޕީ.އެޗް.ޑީ ޕްރޮގްރާމްތަކަށް ތިރީގައިވާ ދާއިރާތަކުގެ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 1- މާސްޓާސް ޕްރޮގްރާމް - ވެލޯނިއާ-ބްރަސަލްސް އިންޓަނޭޝަނަލް އިން ކުރިއަށްގެންދާ މާސްޓާސް ޕްރޮގްރާމުގެ ކޮންމެ ދާއިރައަކަށްވެސް ކުރިމަތިލުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. 2- ޕީ.އެޗް.ޑީ ޕްރޮގްރާމް - ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް - މެކޭނިކަލް އިންޖިނިއަރިންގް - ލައިފް ސައިންސަސް، - އެގްރޮ އިންޑަސްޓްރީ - އެއިރޯނޮޓިކްސް ސްޕޭސް - އެންވަޔަރންމަންޓް ޓެކްނޮލޮޖީސް މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ. މި އިޢުލާނުގައިވާ ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 31 މާރިޗު 2025 ވާ ހޯމަ ދުވަހުގެ ކުރިން https://www.studyinbelgium.be/fr/bourse-master-wbi ބަޔާންކުރެވިފައިވާ އެޕްލިކޭޝަން ލިންކް، މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ތިރީގައިވާ 2 ލިންކް ބޭނުންކުރެވޭނެއެވެ. 1- https://www.studyinbelgium.be/fr/etablissements-denseignement-superieur-daccueil-bourse-master-wbi ............................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ. |