1- ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހެޅޭ މީހުންގެ ފޯމުތައް ދުވަހުން ދުވަހަށް ކޮމްޕިއުޓަރަށް އެންޓާކުރުން.
2- ރަސްމީގަޑީގައާއި އަދި ނުރަސްމީ ގަޑިތަކުގައި ކޯޓު އަމުރުގެ މަސައްކަތް ކުރިއަށް ގެންދިޔުން.
3- މުއްދަތު މަޖިލިސް ފެށުމުގެ ކުރިން ޕޮލިހުން ފޮނުވާ ލިސްޓުގައިވާ މީހުންގެ ތެރެއިން މީހެއްގެ މައްސަލައެއް އޮތްތޯ ނެތްތޯ ބަލައި ޗެކުކުރުން.
4- މުއްދަތު މަޖިލިސްތައް ކުރިއަށްގެންދިއުމަށް އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
5- ސެކްޝަނުންކުރާ މަސައްކަތުގެ ތަފާސް ހިސާބު ހަދާ، ކޮންމެ މަހެއް ނިމުމުން ތަފާސް ކަމާއިބެހޭ ފަރާތްތަކާ ހިއްސާކުރުން.
6- ސެކްޝަނަށް ހުށަހެޅޭ އެންމެހާ ސިޓީތަކުގެ ޖަވާބުދިނުންމުގެ މަސައްކަތްކުރުން.
7- މުއްދަތު މަރުޙަލާގައި ހުށަހަޅާ ސިޓީތަކަށް ލަސްނުކޮށް ޖަވާބުދިނުން.
8- ތަޙުޤީޤު މަރުޙަލާގައި ޕާސްޕޯޓު ހިފެހެއްޓޭ މީހުންނާ، ޕާސްޕޯޓު ދޫކުރުމުގެ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
9- ޝަރީޢަތް ނިމެންދެން ބަންދުގައިތިބޭ މީހުންގެ މައުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުން.
10- ކަފާލާތުގެ ދަށުން ކޯޓުގައި ބެހެއްޓޭ ފައިސާއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
11- ސެކްޝަންގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ފޮތްތަކާއި ފައިލުތައް ތައްޔާރުކޮށް ބެލެހެއްޓުން.
12- ސެކްޝަންގެ އެންމެހާ ލިޔުންތައް ސްކޭންކޮށް ފައިލްކުރުން.
13- ކޯޓަށް ހުށަހެޅޭ މައްސަލަތައް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ސެކްޝަންތަކާ ޙަވާލުކުރުމުގެ އެންމެހާ މަސައްކަތްކުރުން.
14- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އެކި އެކި އިދާރާ ތަކުން ސާފުކުރަން ބޭނުންވާ މަޢުލޫމާތުތައް ސާފުކޮށްދިނުން.
15- އެކިއެކި ފަރާތްތަކާއިއެކު ބާއްވާ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ބައްދަލުވުންތަކާ ގުޅިގެން އެފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހާ ލިޔުންތައް ފޮނުވުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ބައްދަލުވުންތަކުގެ ޙާޟިރީއާއި ރެކޯޑު ބެލެހެއްޓުމާއި، އެލިޔެކިއުންތައް ސްކޭންކުރުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
16- ޤާޟީންގެ މަޖިލީހުގެ އެޖެންޑާ ތައްޔާރުކޮށް، އެބައްދަލުވުންތައް އިންތިޒާމްކުރުން.
|