ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
11 ދަރިވަރުން ރ. މީދޫން މާލެއަށް ގެންނަން
                                އަންދާސީހިސާބު ބޭނުންވެއްޖެ
2015ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ޓީޗިންގ ޕްރެކްޓިސްއަށް ރ.މީދޫއަށް ފޮނުވާފައިވާ މިފެކަލްޓީގެ 11 ދަރިވަރުން، 29 އޮގަސްޓު 2015 ވާ ހޮނިހިރުދުވަހު ރ. މީދޫން މާލެއަށް ގެންނަން ބޭނުންވެއެވެ.
ވީމާ، މިދަތުރު ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 17 އޮގަސްޓު 2015 ވާ ހޯމަދުވަހުގެ 11:30 އަށް ފެކަލްޓީ އޮފް އެޑިޔުކޭޝަން، އަމީނީ ބިލްޑިންގއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 11:30އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް އަންދާސީހިސާބު ބަލައިގަނެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބުތަކެވެ.
26 ޝައްވާލް 1436
             11 އޮގަސްޓް 2015
            
        
                    ހޯދާ  
                
                