ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ފޯލްޑަބަލް ޓޭބަލް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ފޯލްޑަބަލް ޓޭބަލް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ  

ސްކޫލްއަށް ފޯލްޑަބަލް ޓޭބަލް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަންބަރު (IUL)CHSEMALE/2025/06 އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަގުތަށް އެކަށީގެންވާ އަގުތަކަށް ވުރެ ބޮޑުކަމަށް ފާހަގަ ކުރެވޭތީ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

 

 ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 16 މާރިޗު 2025 އިން 08 އެޕްރީލު 2025 ގެ 13:00 ގެ ނިޔަލަށް ތިރީގައި މިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.gle/SdxxEf9YJS4sKpWt7

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 އެޕްރީލު 2025 ގެ 13:00 ގެ ކުރިން ރަސްމީ ގަޑީގެ ތެރޭގައި މި އިޢުލާންގައި ދެވިފައިވާ ފޯނު ނަންބަރު (3330633) އަށް ގުޅުއްވާ ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 15 އެޕްރީލު 2025 ވަނަ ދުވަހުގެ 11:00 ގައި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން - މާލޭގައެވެ.

 

މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް އޮޅުންފިލުއްވަން ބޭނުންވެލައްވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ރަސްމީ ގަޑީގެ ތެރެއިން ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން - މާލޭ

ލިލީ މަގު، މާލެ، ދިވެހި ރާއްޖެ

ފޯން:  3330633

އީމެއިލް: [email protected]

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 މާރިޗު 2025

16 މާރިޗު 2025
ހޯދާ