މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1446 ވަނައަހަރުގެ ފިޠުރު ޢީދު ނަމާދުގެ ބޮޑުޖަމާޢަތުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންގެ ކެއުމާއި ސައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 18 މާރިޗު 2025 12:07 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

1446 ވަނައަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވާ މާފަންނު ސްޓޭޑިއަމް، ވިލިމާލެ ފުޓްބޯޅަ ދަނޑު އަދި ހުޅުމާލެ ސިންތަޓިކް ޓްރެކާއި، ހުޅުމާލެ ފޭސް2ގެ ކްރިކެޓް ސްޓޭޑިއަމް، އިސްލާމީ މަރުކަޒާއި، މަރުކަޒުގެ ސަރަޙައްދު އަދި ކިންގް ސަލްމާން މިސްކިތާއި، އެމިސްކިތުގެ ސަރަހައްދުގައި ޢީދުނަމާދަށް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންގެ ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.  

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. 

https://forms.office.com/r/z1AdyvusGv

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 މާރިޗު 23 އާދީއްތަ ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 މާރިޗު 20 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020261/ 3020252 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

16 މާރިޗު 2025
ހޯދާ