ދިވެހިރާއްޖެ
މި އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ އާއި ގުޅޭގޮތުން 15 ފެބްރުއަރީ 2025 ގައި ކުރެވުނު އިޢުލާން ނަންބަރު TTAM/IUL/141/2025/003 އާއި ޙަވާލާދީ ދަންނަވަމެވެ.
20 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެރޭ 21:00 ގައި ބޭއްވުމަށް ތާވަލު ކުރެވިފައިވާ މި އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ
ތަން: ހ. ބޯޅަގެ ސެމިނަރ ރޫމް ( ގްރައުންޑް ފްލޯރ)
ގަޑި: 21:30 | ތާރީޚް: 20 މާރިޗު 2025
އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެ ވޯޓްލުމުގެ ޙައްޤު ލިބިދޭނީ އިޢުލާން ނަންބަރު TTAM/IUL/141/2025/003 ގައި ވާފަދައިން ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން 28 ފެބްރުއަރީ 2025 ވާ ހުކުރު ދުވަހުގެ ނިޔަލަށް މިއަހަރުގެ އަހަރީ ފީ ދައްކާފައިވާ މެމްބަރުންނަށެވެ.
އަދި، ހިންގާ ޤަވާއިދުގެ 15 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުރިހަމަ މެމްބަރެއްގެ ގޮތުގައި އެސޯސިއޭޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކުން ތަމްޘީލް ކުރާނެ ޢާންމު ފަރުދަކު އެފަދަ ކްލަބް، ޖަމްޢިއްޔާ، އަދި ޖަމާޢަތެއްގެ މެމްބަރުންގެ ތެރެއިން ހޮވަންވާނެއެވެ. އެސޯސިއޭޝަންގެ ޖަލްސާއެއްގައި ބައިވެރިވުމަށް މަދުވެގެން 2 (ދޭއް) ދުވަސްކުރިން އެފަދަ ޢާންމު ފަރުދެއްގެ ނަމާއި، އޭނާގެ ވަނަވަރު އެސޯސިއޭޝަނަށް ފޮނުވަންވާނެއެވެ. މިގޮތުން ހަމަޖެއްސޭ މަންދޫބަށް ބަދަލެއް ގެނެވިއްޖެނަމަ އެކަން ވީއެންމެ އަވަހަކަށް އެސޯސިއޭޝަންއަށް އަންގަންވާނެއެވެ.
އަހަރީ އާޢްމު ޖަލްސާ އަށް އެންމެހާ މެމްބަރުން، އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން ހެންދުނު 10:00 ން 18:00 ށް މިއެސޯސިއޭޝަންގެ ހޮޓްލައިން 9794014 ނުވަތަ 10:00 އާއި 16:00 އާއި ދެމެދު 7778722 7779140 ނަންބަރާއި ގުޅުއްވުން ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.