ވަޒީފާގެ ފުރުޞަތު
|
ވަޒީފާގެ ދާއިރާ:
|
އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓް
|
މަޤާމް:
|
އެސިސްޓަންޓް ޔޫއައި/ޔޫއެކްސް ޑިވެލޮޕަރ
|
ބޭނުންވާ ޢަދަދު:
|
01
|
މުސާރަ:
|
މަސައްކަތު ތަޖުރިބާ އަދި ތައުލީމީ ފެންވަރު ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތުގައި މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ދާއިރާތަކަށް އަހުލުވެރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ:
- ޔޫއައި / ޔޫއެކްސް ޑިޒައިން (UI/UX Design)
- އެކްސެސިބަލް ޔޫއައި / ޔޫއެކްސް ޑިޒައިން
- ގްރެފިކްސް ޑިޒައިން އަދި އެނިމޭޝަން
- ސްކެޗް (Sketch)
- ފިގްމާ (Figma)
- އެޑޯބީ ކްރިއޭޓިވް ސުއިޓް (Adobe Creative Suite)
- ސީ.އެސް.އެސް / އެސް.ސީ.އެސް.އެސް / އެސްއޭއެސްއެސް (CSS / SCSS SASS)
- ޓެއިލްވިންޑް(Tailwind)
- ރިއެކްޓް(React)
- އެންގިއުލަރ(Angular)
- ވިއު ޖޭއެސް(Vue.js)
- ވެބް އެސެމްބްލީ (Wasm)
- ޖޭއެސްއެކްސް (JSX)
- ގިޓް (Git)
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޑެސްކްޓޮޕް އަދި ވެބް އެޕްލިކޭޝަންތަކަށް ބޭނުންވާ ޔޫސާ އިންޓަފޭސްތައް ފަރުމާކޮށް ތައްޔާރުކުރުން.
- ވަޔަރފްރޭމް، ވިޝުއަލް އަދި ގްރެފިކް ޑިޒައިން، ފްލޯ ޑައިގްރާމް، ސްޓޯރީބޯޑް، ސައިޓް މެޕް، އަދި ޕްރޮޓޯޓައިޕް މެދުވެރިކޮށް ފެންވަރު ރަނގަޅު ޔޫއެކްސް ޑިޒައިން ސޮލިއުޝަންސް ތައްޔާރުކުރުން.
- ޔޫ.އައި އެލިމަންޓްތައް ފަރުމާކޮށް، ތައްޔާރުކޮށް، ޓެސްޓްކުރުން.
- އެޕްލިކޭޝަންތަކުގެ ފްރަންޓް-އެންޑް ޑިވެލޮޕްކުރުން.
|
މަޤާމް:
|
އެސިސްޓަންޓް ފުލް-ސްޓެކް ޑިވެލަޕަރ
|
ބޭނުންވާ ޢަދަދު:
|
02
|
މުސާރަ:
|
މަސައްކަތު ތަޖުރިބާ އަދި ތައުލީމީ ފެންވަރު ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތުގައި މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ، އަދި މިނޫންވެސް ޒަމާނީ ޕްރޮގްރާމިންގ ލެންގުއޭޖް، ފްރޭމްވޯރކް، އަދި ދާއިރާތަކަށް އަހުލުވެރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ:
- ވިއު ޖޭއެސް(Vue.js)
- ރިއެކްޓް(React)
- ރަސްޓް (Rust)
- ޓައިޕް ސްކްރިޕްޓް TypeScript))
- ޖާވާ ސްކްރިޕްޓް (JavaScript)
- އެންގިއުލަރ(Angular)
- ސުވިފްޓް (Swift)
- އޭއެސްޕޯ. ނެޓް (ASP.Net)
- ސީޝާޕް(C#)
- ޖާވާ (Java)
- ކޮޓްލިން (Kotlin)
- އެމްއެސް އެސްކިއުއެލް (MSSQL)
- ޕޮސްޓްގްރެ އެސްކިއުއެލް (PostgreSQL)
- ގިޓް (Git)
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ވެބް، މޯބައިލް، އަދި ޑެސްކްޓޮޕް އެޕްލިކޭޝަންތައް ޑިވެލޮޕްކުރުން.
- އެޕްލިކޭޝަންތަކުގެ ޔޫޒަރ އިންޓަރެކްޝަންތައް/އިންޓަރފޭސްތައް ފަރުމާކުރުން.
- އެޕްލިކޭޝަންތަކުގެ ބެކް-އެންޑް ޑިވެލޮޕްކުރުން.
- އެޕްލިކޭޝަންތަކުގެ ފްރަންޓް-އެންޑް ޑިވެލޮޕްކުރުން.
- ވެބް އޭޕީއައި އެޕްލިކޭޝަން ޑިވެލޮޕްކުރުން.
- އެޕްލިކޭޝަންތަކަށް ބޭނުންވާ ޑޭޓާބޭސް ފަރުމާކޮށް ގާއިމުކުރުން.
- ވެބް އެޕްލިކޭޝަންތަކަށް ބޭނުންވާ ސާވާ ސިސްޓަމްތައް ސެޓަޕްކޮށް ބެލެހެއްޓުން.
- އެޕްލިކޭޝަންތަކުގެ އޮތެންޓިކޭޝަން އަދި އެކްސެސް ކޮންޓްރޯލްއަށް ބޭނުންވާ ސިސްޓަމްތައް ފަރުމާކޮށް ޑިވެލޮޕްކުރުން ނުވަތަ ތާޑް ޕާޓީ ސިސްޓަމްތަކާ އިންޓަގްރޭޓްކުރުން.
|
ވަޒީފާއަށްހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
19 މާރިޗު 2025 ވަނަ ދުވަހުގެ 12:00ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 19 މާރިޗު 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- އެކްރެޑިޓް/އެޓެސްޓު ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އިނާޔަތްތައް ލިބިދެވޭނެއެވެ.
- މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރާއި މަސައްކަތުގެ އަޙްލާޤަށް ބަލާއި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.
|
13 ރަމަޟާން 1446
13 މާރިޗު 2025
|