ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އާރކިޓެކްޓް، ސިވިލް އިންޖިނިއަރ އަދި ޑްރާފްޓްސްމަން

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް

މަޤާމް:

އާރކިޓެކްޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/11,500ރ އާއި -/22,540ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

އާރކިޓެކްޗަރ ދާއިރާއަކުން މާސްޓަރ ޙާޞިލްކޮށްފައިވުމާއި އެކު އާރކިޓެކްޗަރއާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

އާރކިޓެކްޗަރ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު އާރކިޓެކްޗަރއާއި ގުޅުންހުރި ދާއިރާއިން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އާކިޓެކްޗުރަލް ޗެކާރއެއްގެގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑިޕާޓްމަންޓްގެ ފަރާތުން ހިންގާ އެކި އެކި ޕްރޮޖެކްޓް ތަކަށް ބޭނުންވާ ކޮންސެޕްޓް އެކުލަވާލުން
  • ޕްރޮޖެކްޓް ޑީޓެއިލް ޑިޒައިން ހަދާ ޕްރޮޕޯޒަލް ހެދުން
  • ޕްރޮޖެކްޓް ތަކުގެ ކޮންސެޕްޓް ޑިޒައިންކުރާ ހިސާބުން ފެށިގެން ޕްރޮޖެކްޓް އެކީ ނިމެންދެން ޕްރޮޖެކްޓް ޓީމަށް އެހީތެރިކަން ފޯރުކޮއްދިނުން
  • ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ އިންޖިނިއަރުންނާއި ޕްރޮޖެކްޓް މެނޭޖަރުންނަށް ފަންނީ ލަފާ ބިލްޑިންގް ކޯޑާއި އެއްގޮތައް ދިނުން
  • ކޮންޓްރެކްޓަރުންނާއި އެކީ ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ޕްރޮޖެކްޓްގެ ކޮންސެޕްޓް އަދި ޑިޒައިންއަށް އަންނަ ބަދަލުތައް ގެނައުން
  • ޓެންޑަރ ޑޮކިއުމަންޓް އަދި ބީއޯކިއު ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  • ޕްރޮޖެކްޓް ސައިޓް ތަކަށް ގޮސް ސާރވޭކޮށް އަދި ޑިޒައިންއަށް އަންނަ ބަދަލުތައް ދެނެގަތުން
  • ބިލްޑިންގ ކޯޑާއި އިމާރާތް ކުރުމާއި ގުޅޭ އެހެނިހެން ގަވާއިދުތަކަށް އަންނަ ބަދަލުތައް ޕްރޮޖެކްޓް ޓީމާއި ހިއްސާ ކުރުން
  • ދާއިރާގެ ބެސްޓް ޕްރެކްޓިސް އަދި އިންޑަސްޓްރީގެ އެންމެ ފަހުގެ މައުލޫމާތު ޕްރޮޖެކްޓް ޓީމާއި ހިއްސާ ކުރުން

މަޤާމް:

ސިވިލް އިންޖިނިއަރ

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/11,500ރ އާއި -/22,540ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

އިމާރާތްކުރުމުގެ ދާއިރާއަކުން މާސްޓަރ ޙާޞިލްކޮށްފައިވުމާއި އެކު އިމާރާތްކުރުމާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

އިމާރާތްކުރުމުގެ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު އިމާރާތްކުރުމާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • އަރކިޓެކްޗަރަކް ކުރެހުންތައް ހެދުމަށް ބޭނުންވާ ސްޓްރަކްޗަރަލް ކަލްކިއުލޭޝަންތައް ހެދުން
  • ކޮންސެޕްޓް ޑިޒައިން ތައްޔާރުކުރުން
  • ޓެންޑަރ ޑޮކިއުމަންޓްތައް ތައްޔާރުކުރުން
  • ޕްރޮޖެކްޓް އެވޯޑް ކުރުމުން ޕްރޮޖެކްޓްގެ މަސައްކަތް ފެށުން
  • ކަމާބެހޭ އެންމެހައި އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުން
  • ބޭނުންވާ ޕްރޮޖެކްޓްތަކަށް ޑީޓެއިލް ޑިޒައިން ތައްޔާރުކުރުން
  • ކޮންޓްރެކްޓަރުގެ އަތުން ރިއަލިސްޓިކް ވޯކް ޝެޑިއުލެއް ހޯދުން ނުވަތަ ތައްޔާރުކުރުން
  • ޑީޓެއިލް ޑިޒައިން ތައްޔާރުކުރުން
  • ސައިޓް ބައްދަލުވުންތަކާއި ސްޓޭކްހޯލްޑަރުންގެ ބައްދަލުވުންތަކުގެ ތެރެއިން މަސައްކަތުގެ ފެންވަރު ވަޒަންކުރުން
  • ޑިޒައިން ލިޔެކިޔުންތައް މުރާޖަޢާކޮށް ފާސްކުރުމަށް ކޮންސަލްޓަންޓުންނާއެކު މަސައްކަތްކުރުން އަދި ކަމާބެހޭ ސްޓޭކްހޯލްޑަރުންނާ ރަނގަޅަށް ކޯޑިނޭޓްކުރުން
  • ވޮރެންޓީ ކްލެއިމްސްތައް ޕްރޮސެސްކޮށް މޮނިޓަރކުރުން
  • ޕަންޗް ލިސްޓުގައި ހިމަނައިފައިވާ ކަންތައްތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުން
  • ފައިނަލް ޕޭމަންޓު ސެޓްލް ކުރުމަށްފަހު ފައިނަލް އެކްސެޕްޓެންސް ސެޓްފިކެޓް ދޫކުރުން

މަޤާމް:

ޑްރާފްޓްސްމަން

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/9,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އިމާރާތްކުރުމުގެ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު އިމާރާތްކުރުމާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑިޕާޓްމަންޓްގެ ފަރާތުން ހިންގާ އެކި އެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ޓެކްނިކަލް ކުރެހުންތަކާއި ޑިޒައިންތައް ހެދުން
  • ޕްރޮޖެކްޓްތަކުގެ ކޮންސެޕްޓް އެކުލަވާލުމަށް އެހީތެރިކަން ފޯރުކޮށްދިނުން
  • އާކިޓެކްޓުން އަދި އިންޖިނިއަރުންގެ ލަފާގެ މަތިން އޮޓޯކެޑް ބޭނުންކޮށްގެން ޕްރޮޖެކްޓްތަކުގެ ތަފްސީލް ކުރެހުންތައް އެކުލަވާލުން
  • މަސައްކަތް ކުރާ ކޮންޓްރެކްޓަރއަށް ބޭނުންވާ ބީއޯކިއު ހަދަން އެހީތެރިކަން ފޯރުކޮށް ދިނުން
  • ކޮންޓްރެކްޓަރ އާއިއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ ޕްރޮޖެކްޓްގެ ޑިޒައިންއަށް އަންނަ ބަދަލުތައް ދެނެގަނެ އެބަދަލުތައް ކުރެހުމަށް ގެނައުން
  • ޕްރޮޖެކްޓްތަކުގެ ޑިޒައިންގައި ހުންނަ ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ އިންޖިނިއަރުންނާއި މަޝްވަރާކޮށްގެން އެކަންކަން ހައްލު ކުރުން
  • ޕްރޮޖެކްޓް ސައިޓްތަކަށް ގޮސް ކުރެހުންތަކަށް ބޭނުންވާ މައުލޫމަތު އެއްކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

19 މާރިޗް 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 19 މާރިޗް 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އިނާޔަތްތައް ލިބިދެވޭނެއެވެ.
  • މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރާއި މަސައްކަތުގެ އަޙްލާޤަށް ބަލާއި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

13 ރަމަޟާން 1446

13 މާރިޗު 2025

13 މާރިޗު 2025
ހޯދާ