ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2025/032

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

އޮފިސަރ،ޓެލެންޓް އެކްވިޝަން

ޑިޕާޓްމަންޓް/ސެކްސަން:

ހިއުމަން ރިސޯސަސް

ބޭނުންވާ އަދަދު:

01

ޝަރުތުތައް:

-        ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން.

-        މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

-        މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

މަސްޢޫލިއްޔަތު:

-        ކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ މީހުން ކުންފުނީގެ ސިޔާސަތާ އެއްގޮތަށް ހޯދުން.

-        ވަޒީފާގެ ފުރުޞަތުތައް އިޝްތިހާރުކޮށް، އެކަށީގެންވާ ޕްލެޓްފޯމްތަކުގައި ޝާއިޢުކުރުން.

-        ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް ދެނެގަނެ، އިންޓަވިއުއަށް ޝޯޓްލިސްޓްކުރުން.

-        އިންޓަވިއު ޕްރޮސެސް ރާވައި، ޝެޑިއުލްކޮށް ކޯޑިނޭޓް ކުރުން.

-        ހިއުމަން ރިސޯސް ސެކްސަންގެ ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން.

-        ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 18 މާރޗް 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

 

 

 13މާރޗް 2025

 

13 މާރިޗު 2025
ހޯދާ