ދިވެހިރާއްޖެ
އިޢުލާން
A ޒޯން ލައިސަންސް ދޫކުރަންފެށުން
އެއްގަމުގައި ދުއްވާ އިންޖީނުލީ ދެ ފުރޮޅުލީ އުޅަނދު ފަހަރުގެ އޭ-ޒޯން ލައިސަންސް (ޑިޖިޓަލް ލައިސަންސް) ދޫކުރުމުގެ ޚިދުމަތް 2025 މާރިޗް 13 ވަނަ ދުވަހުން ފެށިގެން މި ކައުންސިލުން ވަނީ ފަށާފައެވެ.
އޭ-ޒޯން ލައިސަންސަށް އެދެންޖެހެނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް (sims.transport.gov.mv) ޕޯޓަލްގެ ތެރެއިން އީ-ފާސް އެކައުންޓް މެދުވެރިކޮށެވެ. އަދި މި ޚިދުމަތަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީވެސް އޮންލައިންކޮށް ކަމުގައި ދަންނަވަމެވެ. އޭ-ޒޯން ލައިސަންސްގެ ޚިދުމަތް ފެށުމާއެކު މި ކައުންސިލުން ޚިދުމަތުގެ ފީގެ ގޮތުގައި ނަގަން ކަނޑައަޅާފައިވާ އަގުތައް ތިރީގައި އެވަނީއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6740012، 9959786 ނަންބަރާއެވެ.
# |
ތަފްޞީލް |
ފައިސާގެ އަދަދު |
1 |
އަލަށް ލައިސަންސް ހެދުން |
200.00 |
2 |
މުއްދަތު ހަމަވެގެން ލައިސަންސް އާކޮށްދިނުން |
100.00 |
3 |
ގެއްލިގެން އަލުން ލައިސަންސް ހެދުން |
100.00 |
13 I 1446 ހ.
13 މާރިޗް 2024 މ.