ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
”ސަނަދު ލިލްއިޖާޒަތިލްޤުރްއާނިއްޔާ“ ގައި ބައިވެރިވުމަށް އެދި ހުށަހެޅުމަށް ހުޅުވައިލުން

އިޢުލާން

 

”ސަނަދު ލިލްއިޖާޒަތިލްޤުރްއާނިއްޔާ“ ގައި ބައިވެރިވުމަށް އެދި ހުށަހެޅުމަށް ހުޅުވައިލުން

ކީރިތި ޤުރްއާން ކިޔަވާ ފަރާތްތަކަށް މާތް ނަބިއްޔާ محمد ﷺ އާއި ހަމައަށް ސަނަދުން ގުޅުވުމަށް އިޖާޒާދޭ އުރްދުންގެ މަނާރަތުއް ޝަރްޤު މުއައްސަސާ އިން ހިންގާ އޮންލައިން ޕުރޮގުރާމު ”ސަނަދު ލިލްއިޖާޒަތިލްޤުރްއާނިއްޔާ“ ގައި 6 ބައިވެރިޔަކު (3 އަންހެން އަދި 3 ފިރިހެން) ބައިވެރިކުރުމުގެ ފުރުޞަތު މި މަރުކަޒަށް ވަނީ ލިބިފައެވެ. މި މުއައްސަސާ އަކީ މިވަގުތު ދުނިޔޭގައި ތިއްބެވި ޤިރާއަތުގެ ސަނަދުދެއްވާ މަޝްހޫރު ޢިލްމުވެރިންގެ ތެރެއިން ފަޟީލަތުލްމުޤްރިއުއްޝައިޚު ޑޮކްޓަރ އަޙްމަދު ޢީސަލް މަޢްޞަރާވީ އާއި ފަޟީލަތުއްޝައިޚު ޑޮކްޓަރ އަޙްމަދު އަލްޤުއްޟާ އާއި ފަޟީލަތުލްމުޤްރިއުއްޝައިޚު ޢަބްދުއްރަޝީދު ޢަލީ ޞޫފީގެ ބެލެހެއްޓުންތެރިކަމާއި އިރުޝާދުގެ ދަށުން އިޖާޒާ ދެއްވާ މުއައްސަސާއެކެވެ.

  • ބައިވެރިވުމުގެ ޝަރުޠު:

1-      މުޅި ކީރިތި ޤުރްއާން ހިތުދަސްކޮށް މި މަރުކަޒުންދޭ ޙާފިޡުކަމުގެ ސަނަދު ޙާޞިލުކޮށްފައިވާ ފަރާތަކަށްވުން ނުވަތަ މި މަރުކަޒުގެ ޙާފިޡުންގެ ދަފްތަރުގައި ދަފްތަރުކުރެވިފައިވާ ފަރާތަކަށްވުން.

2-      ޢުމުރުން 16 އަހަރު ފުރިފައިވުން.

3-      ޢަރަބި ބަސް ނުވަތަ އިނގިރޭސި ބަހުން ރަގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

4-      ތިމާ ކިޔަވާ ޤިރާއަތާއި ރިވާޔަތާއި އަދި ޠަރީޤުގެ މަޢުލޫމާތު ރަގަޅަށް އެނގޭ، އަދި އޭގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ކިޔަވަން އެނގޭ ފަރާތަކަށްވުން.

  • މި ޕުރޮގުރާމުގައި ބައިވެރިކުރުމަށް ބައިވެރިން ހޮވާނީ އިންޓަރވިއު ކޮށްގެންނެވެ.
  • ބައިވެރިން ހޮވުމަށް އިންޓަރވިއު ކުރުމުގައި އަންނަނިވި ކަންކަމަށް ބެލޭނެއެވެ.

1-      ކިޔެވުމުގެ ފެންވަރު.

2-      ޙިފްޡުގެ ފެންވަރު.

3-      މަޢުލޫމާތު އެނގޭ މިންވަރު.

4-      ބަސް އެނގޭ މިންވަރު.

 

 

  • ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުން:

1-      ޕުރޮގުރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ (18 އަހަރު ނުފުރޭ ބައިވެރިއެއް ނަމަ ހުށަހަޅާނީ ބެލެނިވެރިޔާގެ ސިޓީއެކެވެ.)

2-      މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ.

3-      ޙާފިޡުކަމުގެ ސަނަދުގެ ކުލަ ކޮޕީ.

  • ބައިވެރިވާން އެދި ހުށަހެޅުން: މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 6 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]  އަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
13 މާރިޗު 2025
ހޯދާ