އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހުޅުދޫ ބަނދަރުގައި އާއްމުންގެ ބޭނުމަށް ބެހެއްޓިފައިވާ މުދާތަކާ ގުޅޭ

އިޢުލާން

ހުޅުދޫ ބަނދަރުގައި އާއްމުންގެ ބޭނުމަށް ބެހެއްޓިފައިވާ މުދާތަކާއި ގުޅޭ

        ހުޅުދޫ ބަނދަރު ސަރަހައްދު ލޭންޑްސްކޭޕްކޮށް ޒީނަތްތެރި ކުރުމަށް ކައުންސިލުން ނިންމާފައިވާތީ، މަސައްކަތް ކުރަމުންދާއިރު ބަނދަރުގައި އާއްމުންގެ ބޭނުމަށް ބައެއް ތަކެތި ބަހައްޓަފައި ހުރުމުގެ ސަބަބުން ބަނދަރު ސާފުކޮށް ލެވެލް ކުރުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

        ވީމާ މި ރަށުގެ ބަނދަރުގައި ބެހެއްޓިފައިވާ އެކި ފަރާތްތަކުގެ މުދާ ވެރިފަރާތުން 05 ( ފަހެއް ) ދުވަހުގެ ތެރޭގައި ނެގުމަށް އަންގަމެވެ. އަދި މި މުއްދަތުގައި މި ތަކެތި ނުނަގައިފިނަމަ، "އާއްމު ތަންތަނާއި، މަގުމައްޗާއި ފަޅުތެރެއަށް ދޫކޮސްލެވިފައިވާ ތެކެތި ނެގުމާއިބެހޭ ޤަވަޢިދު" (ނަންބަރު 2019/R-984) ގައިވާގޮތަށް މި އޮފީހުން އެތަކެތި ނަގައި ތަން ސާފުކުރާނެކަމުގައި ދެންނެވީމެވެ. އަދި ތަކެތި ނެގުމުގެ ތެރޭގައި ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް މި އޮފީހުން ޒިންމާ ނުވާނެ ވާހަކަވެސް ދެންނެވީމެވެ.

 

13 ރަމަޟާން 1446

13 މާރޗް 2025

13 މާރިޗު 2025
ހޯދާ