ދިވެހިރާއްޖެ
މި އިޢުލާންވަނީ 13 މާރިޗު 2025 12:22 ގައި ބާތިލް ކުރެވިފައެވެ.
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކެނދިކުޅުދޫން ދޫކޮށްފައިވާ އާގެވަޅުތަކުގެ ސަރަހައްދުތަކުގައި މަގުބައްތި ޖެހުމަށް އަޅަންޖެހޭ ކޭބަލް ކޮނެ ވަޅުލައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިކަން ހުރި ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މިމަސައްކަތާއި ގުޅުންހުރި އެންމެހާ މަޢުލޫމާތާއި ބީލާން ހުށައަޅާނެ ގޮތް އަދި ބީލަން ހުށައަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސްކޮށް ގެޒެޓްކޮށްފައިވާނެއެވެ. އަދި މިމަޢުލޫމާތު ކައުންސިލުގެ ވެބްސައިޓް (www.kendhikulhudhoo.gov.mv) އިންވެސް ލިބެން ހުންނާނެއެވެ.
ބީލަމުގައި ރަޖިސްްޓްރީ ވާންވާނީ 18 މާރިޗު 2025 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށެވެ. ބީލަން ހުޅުވުން އޮންނާނީ 24 މާރިޗު 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.
ބީލަން ރަޖިސްޓްރޭޝަން ލިންކު: https://forms.office.com/r/4DB4rTFdn5
މިމަސައްކަތާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަ ތިރީގައިވާ ފޯނު ނުވަތަ މެއިލް މެދުވެރިކޮށް ހުށައެޅުއްވުމަށް ދަންނަވަމެވެ.
މިދަލުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ފޯން: 6560013 / 65600673
އީމެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
13 ރަމަޟާން 1446