ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ހެޑް އޮފް ސެންޓަރ ( ސެންޓަރ ފޮރ ސެކިއުރިޓީ އެންޑް ސްޓްރަޓެޖިކް ސްޓަޑީޒް)

މަޤާމް :ހެޑް އޮފް ސެންޓަރ ( ސެންޓަރ ފޮރ ސެކިއުރިޓީ އެންޑް ސްޓްރަޓެޖިކް ސްޓަޑީޒް)
ބޭނުންވާ އަދަދު :1

މަގާމު:

ސެންޓަރުގެ ވެރިޔާ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ސެންޓަރ ފޮރ ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީޒް / ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މަގާމުގެ ރޭންކް:

10

ހަރުފަތް:

1

އަސާސީ މުސާރަ:

މަހަކު 21,123 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު 12,097 ރުފިޔާ

ހާޒިރީ އިނާޔަތް:

327 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

މުއްދަތު ކަނޑައެޅިފައިވާ ކޮންޓްރެކްޓް (މި މަގާމަށް ޔުނިވަރސިޓީގެ މުވައްޒަފަކު ހޮވިއްޖެނަމަ ޢައްޔަނުކުރާނީ ޓެނުއަޝިޕް މަގާމެއްގޮތުގައެވެ)

ވަޒީފާގެ މުއްދަތު:

ޢައްޔަނުކުރާ ދުވަހުން ފެށިގެން 1 އަހަރު ދުވަސް (އިތުރަށް ދިގު ކުރުމުގެ ފުރުޞަތާއި އެކު)

މަގާމުގެ ޝަރުތުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް އިސްކަން ދެވޭނެއެވެ.

  1. ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީޒް ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ރިސަރޗް ޕަބްލިޝް ކޮށްފައިވުން.
  2. ކޮމިއުނިކޭޝަން، ނެގޯސިއޭޝަން އަދި އިންޓަރޕާސަނަލް ސްކިލްސް
  3. ސަރުކާރާއި ސަލާމަތީ އިދާރާތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާޖަމާޢަތްތަކާ އެކު ހަރުދަނާ ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ ޤާބިލުކަން.

ދާއިރާތައް/ ޑިސިޕްލިންތައް:

މަގާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަނަލް މެނޭޖްމަންޓް، މެނޭޖްމަންޓް,  ޓީޗިން އެންޑް ރިސަރޗް

ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، މެނޭޖްމަންޓް, ޓީޗިން އެންޑް ރިސަރޗް

ތަޢުލީމީ ރޮނގުތައް: ޕޮލިޓިކަލް ސައިންސް / ސެކިއުރިޓީ ސްޓަޑީޒް / އިންޓަރނޭޝަނަލް ރިލޭޝަންސް / ސޯޝަލް ސައިންސަސްގެ އެހެނިހެން ދާއިރާތައް

ކޯ/ޕްރިފަރޑް ޑިސިޕްލިންތައް: ޕޮލިޓިކަލް ސައިންސް / ސެކިއުރިޓީ ސްޓަޑީޒް / އިންޓަރނޭޝަނަލް ރިލޭޝަންސް / ސޯޝަލް ސައިންސަސް ގެ އެހެނިހެން ދާއިރާތައް

 

 

 

 

މަގާމުގެ މައިގަނޑު

މަސްއޫލިއްޔަތު:

އެކަޑަމިކް ލީޑަރޝިޕް

  1. ސެކިއުރިޓީ އަދި ސްޓްރެޓެޖިކް ސްޓަޑީޒްގެ ދާއިރާއިން އެކަޑަމިކް ޕްރޮގްރާމްތަކާއި، ދިރާސާ މަޝްރޫޢުތަކާއި، އަދި ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައި، ތަރައްޤީކޮށް، އަދި ހިންގުން.
  2. މަންހަޖު އެކުލަވާލުމާއި، ކޯސްތައް ކުރިއަށް ގެންދިއުމާއި، އަދި މުދައްރިސުން ތަރައްޤީކުރުމުގައި އެންމެ މަތީ އެކަޑަމިކް މިންގަނޑުތައް ދެމެހެއްޓުން.
  3. އެމް.އެން.ޔޫގެ އެހެނިހެން ފެކަލްޓީތަކާއި ރިސަރޗް ޑިވެލޮޕްމަންޓް އޮފީހާއި ގުޅިގެން މަސައްކަތްކުރުމުގެ އުސޫލު ކުރިއެރުވުން.

ރިސަރޗް އެންޑް ޕޮލިސީއެންގޭޖްމަންޓް

  1. ދިވެހިރާއްޖެއާ ގުޅުންހުރި އާންމު އަދި އާންމުނޫން ސަލާމަތީ ގޮންޖެހުންތަކާ ބެހޭ ދިރާސާތައް ރާވާ ކުރިއަރުވައި، އެފަދަ ދިރާސާތައް ހިންގުން.
  2. ސިޔާސަތު ކަރުދާސްތަކާއި، ޝާއިޢުކުރެވޭ ތަކެއްޗާއި، އަދި ލަފާދިނުމުގެ ޚިދުމަތްތަކުގެ ޒަރީއާއިން، ސަލާމަތާއި ސްޓްރެޓެޖިކް ދިރާސާތަކުގެ ދާއިރާގައި މި މަރުކަޒަކީ ފީ ފިކުރީ އިސްނެގުމުގެ މަރުކަޒެއްގެ ގޮތުގައި ޤާއިމުކުރުން.ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ސަލާމަތީ އިދާރާތަކާއި، އަދި އެކަޑެމިކް ދާއިރާގެ ފަރާތްތައް މުހިންމު މަޝްވަރާތަކުގައި ބައިވެރިކުރުމަށްޓަކައި ކޮންފަރެންސްތަކާއި، ވަރކްޝޮޕްތަކާއި، އަދި ސެމިނަރތައް އިންތިޒާމުކުރުން.

އިންސްޓިޓިއުޝަނަލްޑިވެލޮޕްމަންޓް

  1. ސެންޓަރުގެ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ސްޓެރެޓެޖިކް ޕްލޭންތައް އެކުލަވާލުން.
  2.  ހިލޭ އެހީތަކާއި، ބައިވެރިވުންތަކާއި، އަދި ސްޕޮންސަރޝިޕްތައް މެދުވެރިކޮށް ދިރާސާތަކަށް ފަންޑު ހޯދުމާއި ވަސީލަތްތައް އިތުރުކުރުން.
  3.  ސަރުކާރުގެ އިދާރާތަކާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުއައްސަސާތަކާއި، އަދި ސަލާމަތީ ދާއިރާގެ ތަޖުރިބާކާރުންނާއެކު ގުޅުން ޤާއިމުކޮށް ހަރުދަނާކުރުން.

އިންސްޓިޓިއުޝަނަލްޑިވެލޮޕްމަންޓް

  1. ސެންޓަރުގެ ބަޖެޓާއި، ވަސީލަތްތަކާއި، އަދި މުވައްޒަފުން ހަރުދަނާކަމާއެކު ބެލެހެއްޓުން.
  2. މުދައްރިސުންނާއި ދިރާސާ މުވައްޒަފުން ހޯދުމާއި އެ ފަރާތްތަކުގެ ފަންނީ ކުރިއެރުން ކަށަވަރުކޮށް ތަރައްޤީކުރުން.
  3. އެމް.އެން.ޔޫގެ ސިޔާސަތުތަކާއި ހިންގުމުގެ އޮނިގަނޑުތަކާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކޮށް، އެންމެހާ ޤާނޫނީ އަދި އިދާރީ ޒިންމާތައް އަދާކުރުން
  • މި ބައިގައި މިވަނީ މި މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތެވެ. މި ވަޒީފާ އަށް ހޮވޭ ފަރާތަށް ވަޒީފާ ހަވާލުކުރާއިރު ފުރިހަމަ ވަޒީފާ ބަޔާނެއްގައި ސޮއިކުރެވޭނެއެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް(
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަގާމުގެ ނަން، މަސްއޫލިއްޔަތު، ވަޒީފާ އަދާކުރި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް މަގާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

2025 އެޕްރީލް 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/Mnuhr-2025-36 

އިންޓަވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2025 އެޕްރީލް 13  އާ 2025 މޭ 12 އާ ދެމެދުއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ސަމާލުކަމަށް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ. މަގާމަށް އެދި ހުށަހަޅާއިރު އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖެހުމަކީ ލާޒިމްކަމެއްނޫނެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަގާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަގާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
13 މާރިޗު 2025
ހޯދާ