ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ކުރިން ޚިދުމަތް ހޯދުމާ ގުޅޭ

ދެންނެވުން

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ކުރިން ޚިދުމަތް ހޯދުމާ ގުޅޭ

މި އަހަރުގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖޫމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، މި މުއްދަތުގެ ތެރޭގައި މި އޮތޯރިޓީން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެދޭ ފަރާތްތަކުން ޚިދުމަތަށް އެދި ހުށަހެޅުއްވުމުގެ ސުންގަޑި އަކީ 18 މާރިޗް 2025 ވާ އަންގާރަ ދުވަހުގެ 13:00 ކަމުގައި ދަންނަވަމެވެ. އަދި ހޯއްދަވާ ޚިދުމަތަކަށް ފައިސާ ދައްކަވަން ޖެހޭކަމުގައިވާނަމަ، 19 މާރިޗް 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ފައިސާ ދެއްކެވުމަށް ދަންނަވަމެވެ.

މި މުއްދަތުގެ ތެރޭގައި ހުށަހަޅުއްވާ އެޕްލިކޭޝަންތަކަށް ޚިދުމަތް ނުދެވޭނެތީ، ޚިދުމަތް ނުލިބުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް މި އޮތޯރިޓީން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ. 

13 މާރިޗު 2025
ހޯދާ