މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތަށް މީހަކު ހޯދުމާއި ގުޅޭ

ނަންބަރު: (IUL)303-CA/303/2025/22  

އިޢުލާން

އުނގޫފާރުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތަށް މީހަކު ހޯދުމާއި ގުޅޭ

 

           އުނގޫފާރު އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ހަވާލުކޮށްފައިވާތީ ކޮމެޓީން އަންގާގޮތެއްގެމަތިން ކަނޑައަޅާފައިވާ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތަށް އިތުރު މީހަކު ބޭނުންވެއްޖެއެވެ.

އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި:

1-       ކުނި އަޅާފައިހުންނަ ޖަންބޯތައް އުކާލުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަންކުރުން

2-      ޖަންބޯތަކާއި ގޯނިތައް އުފުލުމާއި މަގުތަކުގައި ހުންނަ ގަސްތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކޮށުން

3-      ޕޭމަންޓްތަކުގައި ހުންނަ ގަސްތައް ނޮޅުން

4-      ކުނިކެހުމަށް ބޭނުންކުރާ އެންމެހާ އާލާތްތައް ބެލެހެއްޓުން

ބޭނުންވާ މީހުންގެ އަދަދު: 01

އެލަވަންސް: މަހަކު 3000.00 (ތިންހާސް ރުފިޔާ)

މުއްދަތު: 1 އަހަރު

           ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 މާރިޗް 19 ވާ ބުދަ ދުވަހުގެ 12:00 ކުރިން ތިރީގައިވާ ގޫގަލް ފޯމް ފުރިހަމަކުރެއްވުން އެދެމެވެ.

ލިންކް:  https://forms.gle/ypX69FzMdeVMaF1K7

13 މާރިޗު 2025
ހޯދާ