މުޙައްމަދު ޤާސިމް ޕްރީސްކޫލް
ދިވެހިރާއްޖެ
ސްކޫލު ގޭޓު ބަދަލުކުރުމާއި ފާޚާނާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން (އަލުން އިއުލާން ކުރުން)

މި ސްކޫލުން ކުރި ނަންބަރު:IULMQS/MQS/2025/6 އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ އަގުތައް ބޮޑުވުމާއި އަދި މަސައްކަތްތަކަށް އިތުރު ބަދަލުތަކެއް ގެނެފިފައިވާތީ، އަލުން އިޢުލާން ކުރަމެވެ.


  1. މި ސްކޫލުން ދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ސްކޫލް ގޭޓު (އެކެއް) އަދި އެއް ފާޚާނާ (ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް) ބޭނުންކުރެވޭ ގޮތަށް މަރާމާތުރުމަށް ބޭނުންވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
  2. މި ބިޑުގައި ރަޖިސްޓްރީ ކުރުމަށް 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އިޢުލާނުގައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ލިންކް މެދުވެރިކޮށ ރަޖިސްޓްރީ ކުރުމަށް ދެންނެވިމެވެ. ބިޑް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މާރިޗު 18 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި

ޕްރީ ބިޑް މީޓިންގ

19 މާރިޗު 2025 (ބުދަ)

11:00

އަންދާސީ ހިސާބު ހުށަހެޅުން

06 އޭޕްރީލް 2025 (އާދީއްތަ)

11:00

ޕްރީ ބިޑް މީޓިން އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ސްކޫލުގެ މީޓިންގ ރޫމުގައި އެވެ.

 

 

 

4. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މައުލޫމާތުތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.

5. ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތަކީ ވެރި ފަރާތްކަމުގައި ވުން އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ސިޓީއެއް ހުށަހެން. 

6. އިއުލާނާއި އެކު މިމަސައްކަތުގެ ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙައްމަދު ޤާސިމް ޕްރީސްކޫލް

ފޯން:  3354903

އީ-މެއިލް: [email protected]

ޕްރޮޕޯސަލް ރެޖިސްޓްރޭޝަން ފޯރމް ލިންކް : https://forms.gle/Zi7iZQ78qgTM7PSg7

12 މާރިޗު 2025
ހޯދާ