ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދީނީ ސުވާލު މުބާރާތް 1446

މި އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ދީނީ ސުވާލު މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ 5 މެންބަރުންގެ (އަންހެން އަދި ފިރިހެން ވަކިން) ޓީމުތަކުގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

 

                   މުބާރާތުގައި ބައިވެރި ވެވޭނީ ފޯމު ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ 4 ޓީމަކަށެވެ. މި މުބާރާތުގެ 1 ވަނަ ޓީމްއަކަށް 5،000 ރުފިޔާ، 2 ވަނަ ޓީމް އަކަށް 3،000 ރުފިޔާ އަދި 3 ވަނަ ޓީމްއަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

                   ފޯމު އަދި ޤަވާއިދު މިހާރު ދ.މީދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 މާރިޗް 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި ދ.މީދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އ.ތ.މ ކޮމިޓީގެ ރައީސާ ފަރިޔާޟު ހަސަން 7964138 އަށް ގުޅުއްވުން އެދެމެވެ.

 

12 މާރިޗު 2025
ހޯދާ