ދިވެހިރާއްޖެ
ޑޮކްޓަރ އޭ.ޕީ.ޖީ އަބްދުލް ކަލާމް ކޮމަންވެލްތު ސްކޮލަޝިޕް 2026-2025 |
2025-2026 ދިރާސީ އަހަރު ޑޮކްޓަރ އޭ.ޕީ.ޖީ އަބްދުލް ކަލާމް ކޮމަންވެލްތު ސްކޮލަޝިޕްސްކީމްގެ 4 ފުރުޞަތު ދިވެހިރާއްޖެއަށް ހުޅުވާލާފައިވާކަމަށް އިންޑިއާ ހައި ކޮމިޝަން އިން ވަނީ އަންގަވާފައެވެ. މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީ ގެ ޕްރޮގްރާމްތަކަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ.
މި އިޢުލާނުގައިވާ ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 30 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ ކުރިން https://a2ascholarships.iccr.gov.in/ މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
............................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ. |