މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކެމިޓްރާން ނެގަރާ ބާކެންބަންގް ސްކޮލަރޝިޕް 2026-2025

ކެމިޓްރާން ނެގަރާ ބާކެންބަންގް ސްކޮލަރޝިޕް 2026-2025

 

2025-2026 ދިރާސީ އަހަރު އިންޑޮނޭޝިއާ ކެމިޓްރާން ނެގަރާ ބާކެންބަންގް ސްކޮލަރޝިޕްއަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 3 މާރިޗް އިން 21 މާރިޗް 2025  ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އިންޑޮނޭޝިއާ އެންބަސީ އިން ވަނީ އަންގަވާފައެވެ. މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީ ގެ ޕްރޮގްރާމްތަކަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ހިމެނޭ ކޯސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އިންޑޮނޭޝިއާ ބަހުން ކަމަށާއި، ކޮންމެ ޔުނިވަރސިޓީއަކުންވެސް 1 އަހަރު BIPA  ޕޮރޮގޮރާމް ގެ ދަށުން އިންޑޮނޭޝިއާ ބަސް ދަސްކުރުމުގެ ކޯސް ފުރިހަމަކުރެވޭނެކަން އެފަރާތުން ފޮނުއްވާފައިވާ މަޢުލޫމާތުކަރުދާހުގައި ވަނީ ބަޔާންކުރައްވާފައެވެ.  

 

މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ. ސްކޮލަރޝިޕަށް އެލްޕިކޭޝަން ހުށަހެޅުމަށްޓަކައި، ތިރީގައިވާ ލިންކް އަދި އީމެއިލް އެޑްރެސް ބޭނުންކުރެވޭނެއެވެ.

-   https://knb.kemdiktisaintek.go.id

- [email protected]

އަދި ރާއްޖޭގެ ދަރިވަރުން ސްކޮލަރޝިޕްއަށް ހުށަހަޅަންޖެހޭ ' ރިކޮމެންޑޭޝަން ލެޓަރ ' އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮޅުނބުގައި ހުންނަ އިންޑޮނޭޝިއާ އެމްބަސީގެ ފޯކަލް ޕޮއިންޓްގެ ތަފްސީލް ތިރީގައި ބަޔާންކުރަމެވެ.

Embassy of the Republic of Indonesia, Colombo

Mr• Aryadi Lutfi Andaru

Email: [email protected] /

[email protected]

Telephone No: +94-777800415

Hotline: +94 772773123/+94768848 l 06

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

12 މާރިޗު 2025
ހޯދާ