މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮމްސްޓެކް އެވޯޑްސް 2025

 ކޮމްސްޓެކް އެވޯޑްސް 2025

     

އޯ.އައި.ސީގެ މިނިސްޓީރިއަލް ސްޓޭންޑިންގް ކޮމިޓީ އޮން ސައިންޓިފިކް އެން ޓެކްނޮލޮޖިކަލް ކޯޕަރޭޝަން  (ކޮމްސްޓެކް) އިއުލާންކުރައްވާފައިވާ ކޮމްސްޓެކް އެވޯޑްސް 2025 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ އެވޯޑަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 31 މާރޗް 2025 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ކޮމްސްޓެކް އިން ވަނީ އަންގަވާފައެވެ.

 

މި އެވޯޑަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ އެވޯޑް ދޭ ފަރާތުންނެވެ. މިއެވޯޑަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ. މި އެވޯޑާ ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ފޯމު ކޮމްސެޓްގެ ވެބްސައިޓް www.comstech.org އިން ލިބެންހުންނާނެއެވެ.

މިއެވޯޑަށް ކުރިމަތިލުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް 31 މާރިޗު 2025 ވާ ހޯމަ ދުވަހުގެ ކުރިން [email protected] އީމެއިލް މެދުވެރިކޮއް އެޕްލިކޭޝަން ހުށެހެޅެއްވުން އެދެމެވެ.  

 

...............................................................................................................................................................

 

12 މާރިޗު 2025
ހޯދާ