ދިވެހިރާއްޖެ
މިރަށުގެ އޮފީހުގެ ދެކުނުން އޮންނަ ހުސްބިމާއި، ފުޓުބޯޅަ ދަނޑު ވަށައިގެންވާ ސަރަހައްދާއި އަދި ޒުވާނުންގެ މަރުކަޒު ގޯތިތެރޭގައި ހުރި ރުއްގަސް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 31 މާރިޗު 2025 ނިޔަލަށް މުއްދަތު ހަމަވާނެއެވެ. އެހެންކަމުން އޮފީހުގެ ދެކުނުން އޮންނަ ހުސްބިމާއި ފުޓުބޯޅަދަނޑު ވަށައިގެންވާ ރުއްގަސް 15 އޭޕްރީލް 2025 އިން ފެށިގެން 14 އޭޕްރީލް 2028 ގެ ނިޔަލަށް 03 (ތިނެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ބޭނުންވެއެވެ. ކުއްޔަށް ހިފާފަރާތަށް ބޭނުންކުރެވޭނީ ރުއްގަހުން ލިބޭ ތަކެތީގެ ތެރެއިން ރުކުން ލިބޭފަން ފިޔަވައި އެހެނިހެން ތަކެއްޗެވެ. އަދި ޒުވާނުންގެ މަރުކަޒު ގޯއްޗަކީ މިހާރު މިނިސްޓްރީ އޮފް ސްޕޯޓްސްގެ ބެލުމުގެ ދަށުގައިވާ ބިމެއްކަން މަޢުލޫމާތަށްޓަަކައި ދަންނަވަމެވެ.
އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗު 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 18 މާރިޗު 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ބީލަންފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 18 މާރިޗު 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.
ވީމާ، މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.