ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރ

މަޤާމް :ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރ
ބޭނުންވާ އަދަދު :1

މަޤާމު:

ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާރޓްމަންޓް:

ޕޮލިސީ އެންޑް ކޮލިޓީ ކޮންޓްރޯލް ޔުނިޓް

މަޤާމުގެ ރޭންކް:

10

ހަރުފަތް:

1

އަސާސީ މުސާރަ:

މަހަކު  21,050.00 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު 12,055.00 ރުފިޔާ

ހާޒިރީ އިނާޔަތް:

326.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

މުއްދަތު ކަނޑައެޅިފައިވާ ކޮންޓްރެކްޓް (މި މަޤާމަށް ޔުނިވަރސިޓީގެ މުވައްޒަފަކު ހޮވިއްޖެނަމަ އައްޔަނުކުރާނީ ޓެނުއަޝިޕް މަޤާމެއްގޮތުގައެވެ)

ވަޒީފާގެ މުއްދަތު:

ޢައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

އިނާޔަޔްތައް:

  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޔުނިވަރސިޓީ އިން ކަނޑައަޅާފައިވާ ޝަރުތުތަކާއި އެއްގޮތަށް)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތު އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް
  • ސްޓާފް ޖިމް ފެސިލިޓީ
  • ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  1. މަގާމު ގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމު ގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާތައް/ ޑިސިޕްލިންތައް:

 

  • މަޤާމުގެ މަސައްކަތުގެ ދާއިރާތައް: އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަނަލް މެނޭޖްމަންޓް
  • ތަޢުލީމީ ރޮނގުތައް: އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަނަލް މެނޭޖްމަންޓް
  • ޕްރިފަރޑް ޑިސިޕްލިންތައް: އެޑިއުކޭޝަން، އެޑިއުކޭޝަނަލް މެނޭޖްމަންޓް
  • ކޯ ޑިސިޕްލިންތައް: (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)

މަޤާމުގެ މަސްއޫލިއްޔަތު:

ޢާންމު މަސައްކަތްތައް

  1. ޔުނިވަރސިޓީގެ ކޮލިޓީ އެޝުއަރަންސް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ފެކަލްޓީތަކުގައި ކޮލިޓީ އެޝުއަރެންސް ޕްރޮސެސްތައް ތަރައްޤީކޮށް ތަންފީޒުކުރުމުގައި ހަރުދަނާ ލީޑަރޝިޕެއް ފޯރުކޮށްދިނުމާއި ހަރަކާތްތެރި ދައުރެއް އަދާކުރުން.
  2. ފެކަލްޓީތަކާއި ޑިވިޜަންތަކާ ގުޅިގެން، ތަޢުލީމީ ފެންވަރު ކަށަވަރުކޮށް، ދަރިވަރުންނަށް ލިބިދޭ ތަޖްރިބާ އިތުރަށް ފުރިހަމަކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި  ގެނެވިދާނެ ކުރިއެރުންތައް ދެނެގަނެ، އެކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ ހުށަހެޅުން.
  3. ކަނޑައެޅޭ ވަގުތުތަކުގައި ފެކަލްޓީތަކުން ކުރަންޖެހޭ މޮނިޓަރިންގ ހަރަކާތްތައް ކުރާކަން ކަށަވަރުކުރުމާއި، އެއާއި ގުޅިގެން އެކުލަވާލާ ރިޕޯރޓްތައް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާ، އެ ރިޕޯރޓް ތަކުގައި ފާހަގަކޮށްފައިވާ ކަންކަންހަރުދަނާކޮށް ރަގަޅުކުރުމަށްޓަކައި  ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ ކަންކަން ކަމާބެހޭފަރާތްތަކާ ގުޅިގެން ރާވާ ތަންފީޒް ކުރުން.
  4. ކޮލިޓީ އެޝުއަރެންސް ގެ ދަށުން ކުރެވުނު މަސައްކަތަކުގެ އަހަރީ ރިޕޯރޓެއް އެކުލަވާލާ ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.
  5. ކޮލިޓީ އެޝުއަރެންސް ހަރާކާތްތަކާއި ގުޅިގެން އެކުލަވާލަންޖެހޭ ސިޔާސަތުތަކާއި ގަވާއިދު އަދި އުސޫލުތައް  އެކުލަވާލުމާއި، ތަންފީޒް ކުރުމާއި،  އެކަމުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގައި އިސްދައުރެއް އަދާކުރުން.
  6. އާ ޕްރޮގްރާމްތަކަށް އެކުލަވާލުމުގައި ފެންވަރު ކަށަވަރުކުރުމަށްޓަކައި ގެންގުޅޭނެ ކޮލިޓީ އެޝުއަރަންސް ގައިޑްލައިންތައް އެކުލަވާލާ ތަންފީޒުކޮށް ބެލެހެއްޓުން.
  7. ޔުނިވަރސިޓީގައި ކޮލިޓީ އެޝުއަރެންސްއަށް އެންމެ ރަނގަޅު އުސޫލުތައް ތަންފީޒުކުރުމަށް ޔުނިވަރސިޓީގެ މެނޭޖްމަންޓަށް ލަފާދިނުން.
  8. ބައިނަލްއަޤްވާމީ އަދި ޤައުމީ ކޮލިޓީ އެޝުއަރެންސް ނިޒާމްތަކުގެ ތެރެއިން ޔުނިވަރސިޓީއަށް އެކަމުން މަންފާކުރާނޭ ނިޒާމްތައް ދެނެގަނެ އެނިޡާމްތައް ޔުނިވަރސިޓީގައި ޤާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތް ޔުނިވަރސިޓީގެ މެނެޖްމަންޓްގެ ލަފަޔާއި އެކު އިސްނަގާ ކުރުން.
  9. ކޮލިޓީ އެޝުއަރެސްއާ ބެހޭ އެންމެ ފަހުގެ ދިރާސާތަކާއި ރިޕޯޓްތައް މުރާޖަޢާކޮށް  ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސްގެ އެންމެ މަތީހަރުފަތުގައި ޔުނިވަރސިޓީގެ  ކޮލިޓި ގާއިމްކުރެވޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރުން.
  10. ކޮލިޓީ އެޝުއަރަންސް ގެ ހަރަކާތްތަކާއި، އެކަޑަމިކް ޕްރޮގްރާމްގެ ފެންވަރު ޔަގީންކުރުމާބެހޭ ސަރަޙައްދީ، ޤައުމީ އަދި ބައިނަލްއަޤްވާމީ ކޮންފަރެންސް/ވޯކްޝޮޕްތަކުގައި ޔުނިވަރސިޓީ ތަމްސީލުކުރުން.
  11. ޕްރޮގްރާމް އަދި އިންސްޓިއުޓިއުޝަނަލް އެކްރެޑިޓޭޝަން ޕްރޮސެސްތައް ތަންފީޒުކުރުމަށާއި، މޮނިޓަރިންގ އަދި ރިޕޯޓިންގ ގެ ކަންކަން ކަމާގުޅޭ ފެކަލްޓީ، ސެންޓަރ  އަދި ޑިޕާރޓްމަންޓްތަކާއި ގުޅިގެން ހިންގާ ވިލަރެސްކުރުން. (މީގެ ތެރޭގައި އިންޓަނޭޝަނަލް އެކްރެޑިޓޭޝަންސްތަކާއި އަދި ލޯކަލް އެކްރެޑިޓޭޝަންގެ މަސައްކަތް ހިމެނެއެވެ.)
  12. ކައުންސިލްއިން ފާސްކުރާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިވެ މި ސިޔާސަތުތަކަށް އަމަލުކުރެވޭތޯ ބެލުން.
  13. ދަރިވަރުންނާއި މުވައްޒަފުންނަށް ކަނޑައަޅާ ފަރުމާކުރާ މި ސިޔާސަތުތަކާއި ގުޅިގެން ދިމާވެދާނެ ކަންތައްތައް ދިރާސާކޮށް އެ ފަދަ ކަންކަން ހައްލުކުރުވޭނެ ގޮތްތަކާއި ބެހޭގޮތުން ވައިސް ޗާންސެލަރއަށް ލަފާ ދެއްވުން.
  14. މިހާރު ދަރިވަރުންނާއި ކުރީގެ ދަރިވަރުންގެ ފީޑްބެކް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ތަންފީޒުކުރުމާއި، އެމަޢުލޫމާތުގެ މައްޗަށް ބިނާކޮށް އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް, އެއިސްލާހުތައް ތަންފީޒްކުރެވޭ މިންވަރު މޮނިޓަރކޮށް ބެލެހެއްޓުން

ލީޑަރޝިޕާއި އިދާރީހިންގުން

  1. ޕޮލިސީ އެންޑް ކޮލިޓީ ކޮންޓްރޯލް ޔުނިޓްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލައި އެ ޕްލޭން ތަންފީޒު ކުރުމުގައި އިސްވެ ޙަރަކާތްތެރިވުން.
  2. ތިމާ ސްޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތް ރާވާ ހިންގުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

މުޢާމަލާތާއި ގުޅުންތައް

  1. މުވައްޒަފުންނާއި ޔުނިވަރސިޓީގެ އިސް ފަރާތްތަކާއެކު ހަރުދަނާ ގުޅުމެއް ޤާއިމުކުރުން
  2. ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ޖަލްސާތަކުގައި ޕޮލިސީ އެންޑް ކޮލިޓީ ކޮންޓްރޯލް ޔުނިޓް ނުވަތަ ޔުނިވަރސިޓީ ތަމްސީލުކުރުން
  3.  ޔުނިވަރސިޓީ އާއި ޔުނިވަރސިޓީ އިން ބޭރުގައި ބައިވެރިވާންޖެހޭ އެންމެހާ ކޮމިޓީތަކާއި ޕޮލިސީ އެންޑް ކޮލިޓީ ކޮންޓްރޯލް ޔުނިޓް ތަމްސީލްކުރުމުގެ ގޮތުން ބައިވެރިވާންޖެހޭ ކަންތައްތަކުގައި އަމަލީގޮތުން ބައިވެރިވުން

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮށްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް. ވަކި ވަކިން ތާރީޚް ނޭގޭ ލިޔުންތައް މަސައްކަތުގެ ތަޖްރިބާ ގުނުމުގައި ބޭނުން ނުކުރެވޭނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު. ރާއްޖޭގެ އިންސްޓިޓިއުޓަކުން/ކޮލެޖަކުން ހަދާފައިވާ ރާއްޖޭއިން ބޭރުގެ ސެޓިފިކެޓްތައް ހުންނަންވާނީ އެކްރެޑިޓް ކޮށްފައެވެ.)
  • ޕާސްޕޯޓް ސައިޒް ފޮޓޯ

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2025 އެޕްރީލް 10 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެމެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR2025-35

 

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2025 އެޕްރީލް 13  އާ 2025 މޭ 12 އާ ދެމެދުއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ސަމާލުކަމަށް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ. މަގާމަށް އެދި ހުށަހަޅާއިރު އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖެހުމަކީ ލާޒިމްކަމެއްނޫނެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.
12 މާރިޗު 2025
ހޯދާ