މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައްކަން ދަސްކޮށްދޭ ކޯހާއިގުޅޭ

ނަންބަރު: (IUL)303-EDMS/303/2025/21

އިޢުލާން

ކައްކަން ދަސްކޮށްދޭ ކޯހާއިގުޅޭ  

               ރ. އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ޖުވޭސް ރެސިޕީ އާއި ގުޅިގެން އުނގޫފާރު އަންހެން   ކަނބަލުންނަށް ޚާއްޞަކޮށްގެން ކައްކަން ދަސްކޮށްދޭ ކޯހެއް 2025 އޭޕްރީލް މަހުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އަންހެން ކަނބަލުންނަށް ހުޅުވާލަމެވެ. މި ކޯހުގައި ބައިވެރިވާ އެއްވެސް ބައިވެރިއަކު އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. މި ކޯހުގެ މުއްދަތަކީ 10 ދުވަހެވެ.   

               ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 މާރޗް 18 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 9128117 އަށް ގުޅުއްވުން އެދެމެވެ.

ފޯމް ލިންކް: https://forms.gle/iLFHqJgX1QskgmLo9

12 މާރިޗު 2025
ހޯދާ