މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޠުރު ޒަކާތް ބަލައިގަތުމާގުޅޭ

ފިޠުރު ޒަކާތް ބަލައިގަތުމާގުޅޭ

 

1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފަހު ދިހަ ( މާރިޗް 20 ވަނަދުވަހުން ފެށިގެން ) ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން ، ބަންދު ދުވަސްތަކުގައި މިކައުންސިލް އިދާރާއަށް ފިޠުރު ޒަކާތް ބަލައި ނުގަންނާނެވާހަކަ ދަންނަވަމެވެ.

ވީމާ، މިކައުންސިލް އިދާރާއަށް ފިޠުރުޒަކާތްދައްކަވަން ބޭނުންފުޅުވާނަމަ، ސަރުކާރު ބަންދުވުމުގެ ކުރިން ޒަކާތް ދެއްކެވުމަށް ސަމާލުވެ ލެއްވުމަށް ދަންނަވަމެވެ. އަދި ސަރުކާރު ބަންދު ވީނަމަވެސް ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވާފައިވާ ނިޒާމްތައް މެދުވެރިކޮށް ފިޠުރުޒަކާތް ދެއްކޭނެ ކަމުގައި ދަންނަވަމެވެ.

12 ރަމަޟާން 1446

12 މާރިޗު 2025
ހޯދާ