ދިވެހިރާއްޖެ
އައިޓީއާ ގުޅޭގޮތުން ހާރޑްވެއަރ ހޯދަން ބޭނުންވެއްޖެ:
މި އޮތޯރިޓީގެ އިޢުލާން ނަންބަރު IUL)201-B/1/2015/07)ފ(14 ޖުލައި 2015) ގައި އައިޓީއާ ގުޅޭގޮތުން ހާރޑްވެއަރ ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި އޮތޯރިޓީގެ ބޭނުމަށް ތިރީގައި މިވާ ތަކެތި ގަންނަން ބޭނުންވެއެވެ.
- 05 ކޮމްޕިއުޓަރ ސިސްޓަމް އެންޑް އެކްސެސަރީސް
- 12 ލެޕްޓޮޕްސް
މަޢުލޫމާތު ކަރުދާހާއި އަންދާސީހިސާބު ހުށަހަޅާ ފޯމު މިއޮތޯރިޓީގެ ވެބްސައިޓް www.caa.gov.mvއިން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2015 އޮގަސްޓުމަހުގެ 18 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއޮތޯރިޓީއަށް (ވެލާނާގޭގެ 11 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިއޯތޮރިޓީގެ ނަންބަރު 3302087 އަށް ގުޅުއްވައިގެންވެސް މަޢުލޫމާތު ސާފުކުރެވިދާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 01 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއޮތޯރިޓީ (ވެލާނާގޭގެ 11 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
26 ޝައްވާލް 1436