| 
 ބޭނުންވާ އަދަދު: 
 | 
 01 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، ކ. މާލެ 
 | 
| 
 މުސާރަ: 
 | 
 18,000.00 ރުފިޔާ 
 | 
| 
 ލިވިންގް އެލަވަންސް: 
 | 
 12,500.00 ރުފިޔާ 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- ދައުލަތުގެ އިދާރާތައް ހިންގުމުގައި ކުރިމަތިވެދާނެ އެކިއެކި ހިރާސްތައް ދެނެގަތުމާއިވަޒަންކުރުން.
 
- ދައުލަތުގެ އިންޓަރނަލް އޮޑިޓް ނިޒާމުގެ ކަންކަން ބެލުމާއި ހިންގުމާ ގުޅޭގޮތުން ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އިން ލާޒިމުކުރާ ކަންކަން ކުރަމުންދޭތޯ ބެލުމުގައި މިނިސްޓަރަށް އެހީތެރިވުން.
 
- ދައުލަތުގެ މާލީ ނިޒާމާ ގުޅޭ ކަންކަމުގައި ޒިންމާދާރުކުރުވުމާއި، ދެފުށް ފެންނަހެން މަސައްކަތްކުރުމުގެ ސަޤާފަތެއް އަށަގެންނެވުމަށް ބާރުއެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމުގައި މިނިސްޓަރަށް އެހީތެރިވުން.
 
- ދައުލަތުގެ އިދާރާތަކުގެ އިސްތިރާޖީ ކަންތައްތަކާއި، އިޖުރާއީ ކަންކަމާއި، އިދާރީ ހިންގުމާ ގުޅޭގޮތުން ހަރުދަނާ ކުރަންޖެހޭ ކަންކަމުގައި ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
 
- ދައުލަތުގެ މަސްއޫލު އޮފީސްތަކުގައި އޮޑިޓްގެ ނިޒާމު އުފެއްދުމަށް އެންގުމާއި، އެ ނިޒާމު ހިނގާނުހިނގާ ގޮތް ބަލައި ވިލަރެސްކުރުމާއި، ކަމާ ގުޅުންހުރި އުސޫލުތަކާއި ގައިޑްލައިންތައް ހެދުމާއި، ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ ނިޒާމާ ގުޅޭ އެންމެހައި ކަންކަން ކުރުމަށް ދައުލަތުގެ އިންޓާރނަލް އޮޑިޓް ކޮމެޓީއަށް އެހީތެރިވެދިނުން.
 
- ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި، މާލިއްޔަތު ގަވާއިދަށް ޢަމަލު ކުރެވެމުންދާކަން ކަށަވަރުކުރުމަށް، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މަސައްކަތާ ގުޅުންހުރި މަޢުލޫމާތު، ދައުލަތުގެ އޮފީސްތަކާއި ދައުލަތުގެ އެނޫންވެސް މުއައްސަސާތަކުން ހޯދުމާއި، އެ ތަންތަނުގެ މުވައްޒަފުން ހާޒިރުކުރަން ޖެހިއްޖެ ހިނދެއްގައި ކޮމިޓީއަށް ހާޒިރުކޮށް މަޢުލޫމާތު ހޯދުމަށް، ދައުލަތުގެ އިންޓާރނަލް އޮޑިޓް ކޮމެޓީއަށް އެހީތެރިވެދިނުން.
 
- ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ މަސައްކަތް ވިލަރެސްކުރުމާއި، އިންޓަރނަލް އޮޑިޓް ރިޕޯޓުތައް ދިރާސާކޮށް، އެ ރިޕޯޓުތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
 
- ދައުލަތުގެ މަސްއޫލު އޮފީސްތަކުގެ އިންޓަރނަލް އޮޑިޓުގެ ނިޒާމުގެ މުވައްޒަފުންގެ މިނިވަންކަން ކަށަވަރު ކުރުމަށް ޓަކައި އެކުލަވައިލަންޖެހޭ އުސޫލުތައް ދައުލަތުގެ އިންޓާރނަލް އޮޑިޓް ކޮމެޓީގެ ލަފައާއެކު އެކުލަވައިލުން؛
 
- ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 1-44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންޓަރނަލް އޮޑިޓް ނިޒާމުގެ އެންމެހައި ކަންކަން އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރާވައި ހިންގުން؛
 
- ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ ނިޒާމު، ބައިނަލްއަގުވާމީ މިންގަނޑުތަކާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މި ގަވާއިދާ ޚިލާފުނުވާނޭހެން، ދައުލަތަށް އެންމެ ފައިދާހުރި ގޮތަކަށް ބައްޓަންކޮށް ހިންގުމާއި، އެ ނިޒާމު ތަރައްޤީކުރުން.
 
- ދައުލަތުގެ އޮފީސްތަކުގެ ތެރެއިން، އެ އޮފީހެއްގެ ބަޖެޓާއި، އެ އޮފީހަކުން ހިންގާ މަޝްރޫޢުތަކަށް ރިޢާޔަތްކޮށް، އިންޓަރނަލް އޮޑިޓް ޔުނިޓްތައް ޤާއިމުކުރާނެ އޮފީސްތައް، މިނިސްޓަރުގެ ލަފާގެ މަތީން ކަނޑައެޅުން؛ އެ ގޮތުން އެކުލަވައިލާ އިންޓަރނަލް އޮޑިޓް ޔުނިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ޖަވާބުދާރީވާނީ، ޗީފް އިންޓަރނަލް އޮޑިޓަރަށެވެ.
 
- ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ ނިޒާމަށް ބޭނުންވާ އެންމެހައި ތަމްރީނުތައް ރާވައި ހިންގުމާއި، ކަމާ ގުޅުންހުރި ފަންނުތަކަށް މި ނިޒާމުގެ މުވައްޒަފުން އަހުލުވެރިކުރުވުން.
 
- ކުރު ރާސްތާއާއި ދިގުރާސްތާގެ އޮޑިޓް ޕްލޭން އެކުލަވައިލައި، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީން ފާސްކުރުމަށްފަހު، އެ ޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުން
 
  | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
- ދިވެހި ރައްޔިތެއް ކަމުގައި ވުން. 
 
- އިންޓަރނަލް އޮޑިޓްކުރުމުގައި ނުވަތަ އެކްސްޓަރނަލް އޮޑިޓްކުރުމުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 
- ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތަޢުލީމާއި ޤާބިލުކަން ހުރި މީހަކު ކަމުގައި ވުމާއެކު، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ މެންބަރެއް ކަމުގައި ވުން.
 
- ކޮރަޕްޝަނުގެ ނުވަތަ ޚިޔާނާތުގެ ނުވަތަ ވައްކަމުގެ ނުވަތަ ޓެކުމުގެ ނުވަތަ މިބާވަތުގެ ފައިސާއާއި މާލީ މުޢާމަލާތްތަކާ ގުޅޭ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  
 | 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުންތައް 
 
- އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ މެންބަރެއްކަން އަންގައިދޭ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
 
(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 މާރިޗު 2025 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. 
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
  
 | 
| 
 ޝޯޓްލިސްޓުކުރުން: 
  
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. 
 | 
| 
 އިންޓަރވިއުއޮންނާނެ ތަނާއި، މުއްދަތު: 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 18 މާރިޗު 2025 އާއި 10 އެޕްރީލް 2025 އާ ދެމެދު، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ ގައެވެ.   
 | 
| 
 މަޤާމަށް އައްޔަން ކުރުން 
 | 
 ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި އެއްގޮތަށް މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން، ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް މީހަކު އައްޔަނުކުރާނީ، މިނިސްޓަރުގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާއެވެ. 
 | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. 
 |