ދިވެހިރާއްޖެ
މި ސްކޫލުގެ ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ GS43-B/2025/05 އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ބީލަން ބާޠިލުވެފައި ވާތީ ފަސް ވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
1- ކެންޓީނު ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކުން، 11 މާރޗް 2025 އިން ފެށިގެން 16މާރޗް 2025 އަށްބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ.
ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
1.1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
1.2- ރަޖިސްޓްރީ ނަންބަރު.
1.3- އީމެއިލް އެޑްރެސް.
1.4- ގުޅޭނެ މޯބައިލް ނަންބަރު.
2- ކެންޓީނު ކުއްޔަށްހިފުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 މާރޗް 2025ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
3- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 20 ބުރާސްފަތި 2025ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި މިސްކޫލްގެ ކޮންފެރެންސް ރޫމްގައެވެ.
4- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝަރަފުއްދީން ސްކޫލް
ހިތަދޫ، އައްޑޫ
ފޯން: 7030-688
އީ-މެއިލް: [email protected]
5- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
6- މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.