ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި ޑިޕާޓްމަންޓުގެ، ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް

ޖީ. އެސް. 3

ސެކްޝަން

ބަޖެޓް

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އިތުރުގަޑީގެ ފައިސާ

ހުއްދަލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

 

އަސާސީ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކްންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި'  މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  • މާލިއްޔަތު ޤާނޫނާއި ޤަވައިދާ އެއްގޮތަށް އަދި މި ޑިޕާޓްމަންޓުގައި ފައިސާގެ މުޢާމަލާތްކުރުމަށް ހަމަޖައްސައިފާވާ އުސޫލުތަކާ އެއްގޮތަށް ސެޕް ސިސްޓަމް ބެލެހެއްޓުން.
  • އޮފިހުން ކުރަންޖެހޭ ޚަރަދުކުރުމަށް ހުއްދަދިނުމާއި، ކުރަންޖެހޭ މަސައްކަތް ކުރުން.
  • ޚަރަދުކުރުމަށް ދޫކުރި ހުއްދަތައް މޮނީޓަރކުރުމާއި، ޚަރަދުކުރޭތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުން.
  • ޚަރަދުކުރުމަށް ދެވޭ ހުއްދައިގެދަށުން ބިލްތައް ލިބެންޖެހޭ ފަރާތްތަކުގެ ބިލްތައް ލިބޭތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުން.
  • ލިބޭ ބިލްތަކަށް ފައިސާ ދެއްކުން.
  • ފައިސާ ދައްކަން ފޮނުވާ ބިލްތައް ނިމޭތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުން.
  • ބިލްތައް ޕޯސްޓްކުރުމަށްފަހު އަދި ކުލިއަރވުމުން ކަމާ ގުޅޭ ސެކްޝަންތަކަށް އެކަން އެންގުން.
  • އޮފީހުގައި ޚަރަދުކުރެވޭ ދާއިރާތައް ދެނެގަތުމާއި، ޚަރަދުގެ ތަފާސްހިސާބު ބެލެހެއްޓުމާއި، ޚަރަދުގެ ނިސްބަތް ވަޒަންކޮށް އަންދާޒާކުރުން.
  • ބަޖެޓް އަންދާޒާކޮށް ރޭވުމާއި ހިންގުމަށް ކުރަންޖެހޭ އިދާރީ މަސައްކަށްތައް ކުރުން.
  • އިމްތިޙާނުތަކާ ގުޅޭގޮތުން އިމްތިޙާން ސެންޓަރުތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

މަޤާމް

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް

އެމް. އެސް. 1

ސެކްޝަން

 އައިޓީ ސެކްޝަން

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އިތުރުގަޑީގެ ފައިސާ

 ހުއްދަލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

 

 

އަސާސީ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.   

މަޤާމުގެ މަސްއޫލިއްޔަތު:

  • މި ޑިޕާޓްމަންޓުގެ އައިސީޓި ހާޑްވެއަރ އާއި ސޮފްޓްވެއަރ ބެލެހެއްޓުން.
  • މި ޑިޕާޓްމަންޓުގެ ނެޓްވަރކް ބެލެހެއްޓުން.
  • މިޑި ޕާޓްމަންޓުގެ ފޯނު ސިސްޓަމް ބެލެހެއްޓުން.
  • މި ޑިޕާޓްމަންޓުގެ މަސައްކަތަށް ބޭނުންވާ އައިސީޓީ ކަންކަން މަގުފަހިކޮށްދިނުމާއި، ފަންނީގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުން.
  • މި ޑިޕާޓްމަންޓުގެ މުވައްޒަފުން އައިސީޓިއަށް އަހުލުވެރިކުރުމަށް މަސައްކަތް ކުރުން.
  • މި ޑިޕާޓްމަންޓުގެ މަސައްކަތަށް ދަތިނުވާނެހެން އިންފޮރމޭޝަން ޕޯޓަލްތަކާއި، އީމެއިލާއި، އެހެނިހެން ނިޒާމްތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް މީހެއް ހޮވުމުގައި ބަލާނޭ ކަންކަން:

ހ. ލިބިފައިވާ ތަޖުރިބާ.

ށ. ޤާބިލްކަން ކަށަވަރުކުރުން.

     - އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

މި މަޤާމްތަކަށް މީހުން ހޮވުމަށް އިންޓަވިއުކުރާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، ލަސްވެގެން މަސައްކަތު 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ

 * އިންޓަވިއުއަށް ދަންނަވާނީ ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމް (އެޕްލިކޭޝަން  ފޯމް،  ޑިޕާޓްމަންޓް  އޮފް  ޕަބްލިކް  އެގްޒޭމިނޭޝަންސްގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ.  އަދި  މި  ޑިޕާޓްމަންޓުގެ www.dpe.edu.mv  ވެބްސައިޓުން  މި  ފޯމު  ޑައުންލޯޑް  ކުރެވެން  ހުންނާނެއެވެ.)

ށ- ތަޢުލީމީ ސަނަދުތަކުގެ ނަކަލު (އެކްރެޑިޓްކޮށްފައިވާ ކޮޕީ)    

ނ. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، މި ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމަށް އެ މީހަކު ވަޒީފާ އަދާކުރާ އޮފީހަކުން ދީފައިވާ ލިޔުން.

ރ. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާގެ  މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުން.

ބ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލު (ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭހެން އަދި ލިޔުންތައް ސާފުކޮށް އެނގެން އޮތް)

ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:  

- މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ (ފިލާ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާގެ) ކައުންޓަރަށެވެ.

 - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮގަސްޓު 24 ވާ ހޯމަ ދުވަހުގެ 14:30 އެވެ.

ނޯޓް: މި ޢިއުލާނުގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލާ (ޝަރުޠުހަމަވާ) މީހުންގެ ތެރެއިން މަޤާމަށް މީހަކު ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ މަރުޙަލާތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

ހ) ޝޯޓްލިސްޓް ކުރާ މީހުންނާ އިންޓަވިއު ކުރުން.

ށ) އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ގަޑިއަށް އިންޓަވިއުއަށް ހާޒިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އިންޓަވިއު ނުކުރާނެއެވެ.

* މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ޑިޕާޓްމަންޓުގެ 3009339 ނަންބަރު ފޯނާއެވެ.

28 ޝައްވާލް 1436

13 އޮގަސްޓް 2015
ހޯދާ