ދިވެހިރާއްޖެ
މަޤާމް |
ޕްރޮގްރާމް ކޯޑިނޭޓަރ |
||||||||||||||||||
މަޤާމުގެ ނަންބަރު |
J-385876 |
||||||||||||||||||
ބޭނުންވާ ޢަދަދު |
1 (އެކެއް) |
||||||||||||||||||
މަޤާމުގެ ގިންތި |
ދާއިމީ |
||||||||||||||||||
މަޤާމުގެ ރޭންކް |
އެމް.އެސް 2 |
||||||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
||||||||||||||||||
ވަޒީފާ އަދާކުރަންޖެހޭ ތަން |
މާޅޮސްމަޑުލުއުތުރުބުރީ އަތޮޅުކައުންސިލް އިދާރާ |
||||||||||||||||||
މުސާރަ |
6,295 ރުފިޔާ |
||||||||||||||||||
ސަރވިސް އެލެވަންސް |
2000 ރުފިޔާ |
||||||||||||||||||
އިތުރު އިނާޔަތްތައް |
.1 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ 3. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 4. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ ޓެކްނިކަލް ކޯ އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ހިޔުމަން ރިސޯސް މެނޭޖްމަންޓްގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ. |
||||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން. 2- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 3- އަތޮޅުގެ ކައުންސިލްތަކުގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ތެރެއިން ހަވާލުކުރެވޭ ޕްރޮގްރާމް ތަކުގައި ކިޔަވައި ދިނުމާއެކު ކިޔަވައިދޭ މޮޑިއުލްގެ އެސެސްމަންޓް / އެގްޒާމް ކުރިއަށް ގެންގޮސް ކަނޑައެޅިފައިވާ ތާރީޚުގެ ތެރޭގައި އެސެސްމަންޓްތައް މާރކްކޮށް ނަތީޖާ ހާމަކުރުން. 4- ހަވާލުކުރެވޭ ކައުންސިލްތަކުގެ މުވައްޒަފުންނަށް ތަމްރީންދިނުމުގެ ކަންތައްތައް ކުރުމާއި، ގެންދާ ޓްރޭނިންގތަކާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން. 5- ކިޔަވައިދޭ ޕްރޮގްރާމްތައް ކޯޑިނޭޓްކުރުން. ކޯޑިނޭޓްކުރާ ޕްރޮގްރާމްތަކުގެ ރިޕޯޓް އެޕްރޮގްރާމް ނިމުމާއެކު ސްޕަވައިޒަރަށް ހުށަހެޅުން 6- މުޅިއަހަރަށް ތައްޔާރުކުރުމަށް ކަނޑައެޅޭ ޓްރެއިނިންގ ޕްރޮގްރާމްތައް ތާވަލްކޮށް ތައްޔާރުކުރުމާއި އެޕްރޮގްރާމަކާއިގުޅޭ މައުލޫމާތު ހިއްސާކުރުން. 7- އަތޮޅު ކައުންސިލާއި، އަތޮޅުގެ ރަށްތަކުގެ ސިވިލް ސަރވިސްގެ އެގްޒެކެޓިވް ރެކްރޫޓްމަންޓް އެގްޒަމިނޭޝަންއާ ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން. 8- އަތޮޅު ކައުންސިލްގެ ޓްރެއިނިންގ ސެންޓަރަށް، ބޭނުންވާ އެންމެހާ ވަޞީލަތްތައް ކަމާއިގުޅޭ ސެކްޝަންތަކުގެ އެހީގައި ހޯދުން. 9- އަތޮޅު ކައުންސިލްގެ ޓްރެއިނަރުންނަށް ދޭންޖެހޭ އިރުޝާދްދީ، ސްޕަރވައިޒްކުރުން. 10- އަތޮޅު އަދި ރަށުކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށްޓަކައި، މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ނީޑް އެނަލިސިސްތައް ހެދުން. 11- އަތޮޅު ކައުންސިލް އަދި ރަށުކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް އިންސާރވިސް ޕްރޮގުރާމްތައް ހިންގުން. 12- ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި ވުޒާރާތަކުން ރ.އަތޮޅުކައުންސިލާއި ގުޅިގެން ހިންގޭ ކޯސް، ވޯކްޝޮޕް، ބައްދަލްވުން، ޓްރޭނިންގ ސެމިނާފަދަ ހަރަކާތްތައް ހިންގުން 13- ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިންޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
||||||||||||||||||
މަޤާމުގެ ޝަރުތުތައް
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. |
||||||||||||||||||
ތަޢުލީމީ ރޮނގުތައް:
މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިން:
|
|||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލްސަރވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އިނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމް ތަކުގައި ވަޒީފާ އަދާކޮއްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އިނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމް ތަކުގައި ވަޒީފާ އަދާކޮއްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮއްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި މަސައްކަތް ކޮއްފައިވާނަމަ، އާދާކޮއްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އިނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމް ތަކުގައި ވަޒީފާ އަދާކޮއްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮއްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮއްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮއްފައި އޮންނަން ވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮއްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) އުވައިލައިފައިވާ ދައުލަތުގެ އިދާރާއެއގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި މަސައްކަތް ކޮއްފައިވާނަމަ، އާދާކޮއްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އިނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމް ތަކުގައި ވަޒީފާ އަދާކޮއްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން ލިބެންނެތްނަމަ، ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް. |
||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
މަޤާމަށް އައްޔަން ކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތްތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
|
||||||||||||||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 މާރިޗު 2025 ގެ 11:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.) |
||||||||||||||||||
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||||||||||||||||
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިޚާން އޮންނާނީ 06 އޭޕްރިލް 2025 އާއި 17 އޭޕްރިލް 2025 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށާއި އިމްތިޙާން ދޭންޖެހޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
||||||||||||||||||
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ފޭސްބުކް ޕޭޖްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||||||||
އިތުރު މަޢުލޫމާތު ހޯދުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580552 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"(https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |