މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ިމަސައްކަތު އިޢުލާނާައިގުޅޭ ޖަދުވަލް 1 އިސްލާހުކުރުމަށްފަހު އާއްމުކުރުން

މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އަންނަނިވި 2 އިޢުލާނާއެކު އާންމުކޮށްފައިވާ ބީލަން ފޮތުގައި ، ޖަދުވަލް 1 – ބީލަން ހުށަހަޅާ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް އަދި ޗެކްލިސްޓް ، ބީލަން ހުށަހަޅާއިރު ތިރީގައި މިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް ނެތްނަމަ ޑިސްކޮލިފައި ކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ލިސްޓްގެ 12 ވަނަ ނަންބަރު ( މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީން ސާރވޭ ކުރުމުގެ ހުއްދަ ލިބިފައިވާ ކަމުގެ ލިޔުމުގެ ކޮޕީ ) އަކީ ، އެ 2 އިޢުލާންގައި ބުނެފައިވާ މަސައްކަތްތަކާއި ގުޅުމެއް ހުރި ލިޔުމެއްކަމަށް ނުފެންނާތީ ، އެ ލިޔުން ހުށަހަޅުއްވަން ނުޖެހޭނެކަމުގައި ބީލަމުގައި ރަޖިސްޓްރީކުރައްވާފައިވާ އެންމެހާ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  އަދި މި އިޢުލާނާއެކު ޖަދުވަލް 1 އިސްލާހުކުރުމަށްފަހު އާންމުކުރެވިފައިވާނެކަމުގައި ދަންނަވަމެވެ.

#

އިޢުލާންގެ ނަންބަރު

އިޢުލާންގެ ތަފުސީލް

1

(IUL)369-AS/369/2025/25

ވެލިފުރާނާ އަލުން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

2

(IUL)369-AS/369/2025/26

ގަބުރަސްތާނުގެ ދެކުނުކޮޅު ފާރު ތަޅާލާ ، ގަބުރަސްތާނުގެ އެތެރެއިން އަލުން ފާރު ރޭނުމުގެ މަސައްކަތްކޮށްދިނުން

11 ފެބުރުވަރީ 2025
ހޯދާ