ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށްޓަކައި އެގްޒަރމިނަރުން ހޯދުން

އިޢުލާން

އެގްޒެމިނަރ ހޯދުމާއި ގުޅޭ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ އިމްތިހާނު ( ދުއްވުމުގެ ޓެސްޓް ) ކުރާނެ އެގްޒެމިނަރެއް ހޯދަން ބޭނުންވެއްޖެއެވެ. އިމްތިހާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުންވެސް ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެ ޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. މި މަސައްކަތަށް އެގްޒެމިނަރުން ނެގުމުގައި މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ފަސޭހައިން އާދެވޭނެ ފަރާތްތަކަށާއި، އެއްގަމު އުޅަނދު ދުއްވުމުގެ ގިނަ ކެޓަގަރީ އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އެގްޒެމިނަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކުން އެ މަސައްކަތްކުރާނީ މިކައުންސިލާއި އެފަރާތަކާދެމެދު ހެދޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ބޭނުންވާ އަދަދު:

  • 02 ( ދޭއް )

އުޖޫރަ:

  • ޓެސްޓަށް ދުއްވާ ކޮންމެ އުޅަނދަކަށް -/20 ރުފިޔާ

އެގްޒެމިނަރުންނަށް ދިނުމަށް ކަނޑައަޅާފައިވާ އަގު ފާސްކޮށްފައިވަނީ ފ. އަތޮޅުކައުންސިލްގެ 2022 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 24 ވަނަ ( 15 ސެޕްޓެމްބަރ 2022 ) ޖަލްސާއިންނެވެ.

ޝަރުޠު:

  • މަދުވެގެން A1,A0 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން (ދުއްވުމުގެ ޢަމަލީ ޓެސްޓް ދެވޭނީ އެ އެގްޒަމިނަރަކަށް ލިބިފައިވާ ގިންތީގެ އުޅަނދުތައް ދުއްވުމުގެ ޓެސްޓެވެ.)
  • ·        ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް ކޮށްފައިވާކަން ސާބިތުނުވުން
  • ·        ފާއިތުވީ 05 އަހަރުގެތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ·        ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން
  • ·        އުމުރުން 55 އަހަރު ނުވާ މީހެއް ކަމުގައި ވުން.
  • ·        ލައިސަންސް ދޫކުރާ ސެންޓަރެއްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން
  • ·        ޑްރައިވިން ސްކޫލެއްގައި ވޭތުވެދިޔަ 05 އަހަރު އެއްވެސް ހައިޞިއްޔަތަކުން މަސައްކަތްކަތް ކޮށްފައި ނުވުން. އަދި މަސައްކަތްކުރަމުންދާ މީހެއްކަމުގައި ނުވުން
  • ·        މިއިދާރާގެ މުވައްޒަފަކަށް ނުވުން

ވީމާ، މި މަސައްކަތައް ކުރިމަތިލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ އެއްގަމު ލައިސަންސްގެ ކެޓަގަރީތައް އެގޭނެ ލައިސަންސް ފޮތުގެ ކޮޕީއާއި، އައި.ޑީ ކާޑުގެ ކޮޕީއާއި، 1 މަސްނުވާ ޕޮލިސް ރިޕޯރޓާއި، އެފަރާތެއްގެ ވަނަވަރާއެކު ސިޓީއަކުން 2025 މާރިޗް 19 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

10 ރަމަޟާން 1446

10 މާރިޗް 2025

11 މާރިޗު 2025
ހޯދާ