ދިވެހިރާއްޖެ
އިޢުލާން
ކައިވެނި އަދި ވަރިއާ ގުޅިގެން މި ކޯޓުގައި ބޭނުންކުރަމުން ގެންދާ ތިރީގައި ދަންނަވާފައިވާ ފޯމުތަކަށްވާނީ ބަދަލު ގެނެވިފައެވެ. ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކުގެ މަޢުލޫމާތު ފޯމުގައި ހިމެނިފައިވާނެއެވެ. އަލަށް ތަޢާރަފު ކުރެވުނު ފޯމުތައް މި ކޯޓުގެ ވެބްސައިޓް:https://hdh-kuribi.courts.gov.mv އިންނާއި، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކުރީގައި ބޭނުން ކުރެވެމުންދިޔަ ފޯމުތައް 2025 މާރޗް 15 ވަނަ ދުވަހުން ފެށިގެން، މި ކޯޓަށް ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
ބަދަލު ގެނެވިފައިވާ ފޯމުތައް:
1. |
ކައިވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު |
MC-01 |
2. |
އެއް އަނތްބަށްވުރެ ގިނަ އަނތްބަށް ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު |
MC-02 |
3. |
ކައިވެނި ރުޖޫޢުކުރުމަށް އެދި ހުށަހަޅާ ފޯމު |
MC-03 |
4. |
ވަލީ ހަމަޖެއްސުމަށް އެދި ހުށަހަޅާ ފޯމު |
MC-05 |
5. |
ކައިވެނި / ވަރީގެ ސެޓްފިކެޓަށް އެދި ހުށަހަޅާ ފޯމު |
MC-12 |
6. |
ޢިއްދަ ހަމަކުރުމަށް އެދި ހުށަހަޅާ ފޯމު |
MC-13 |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
10 ރަމަޟާން 1446