ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.މާވަށު ބަނދަރުމަތީ މަސްކަނޑާ އަށި ހެދުން

              އިއުލާނު

-------------------------------------------------------------------------------------------------------------------

                         ބީލަން ހުށައެޅުމުގެ ދަޢުވަތު

ބީލަމުގެނަން: ލ.މާވަށު ބަނދަރުމަތީ މަސްކަނޑާ އަށި ހެދުން

ބީލަން ނަންބަރު: 

 400/PROJ/2025/2

އިއުލާނު ނަމްބަރު:

(IUL)400/PRIV/2025/10

އިއުލާނުގެ ވަނަ:

02

މިއިދާރާގެ ނަންބަރު (IUL)400/PRIV/2025/2(15 ޖެނުއަރީ 2025) އިއުލާނުގައިވާ ބީލަމުގެ ލިޔެކިުންތަކަށް ބަދަލުގެންނަން ޖެހުމާއި ގުޅިގެން އެއިއުލާނު ބާތިލްކޮށް، ލ.މާވަށު ބަނދަރުމަރީ މަސްކަނޑާ އަށި ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށްއެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން

2025 މާރޗް 19 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުންވެސް ލިބެންހުންނާނެއެވެ. ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/150 ރުފިޔާއެވެ. ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް މި ކައުންސިލްގެ މެއިލްއެޑްރެސް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފައިސާދައްކަވާ، ފޯމު ހުށައެޅުން އެދެމެއެވެ.

އެކައުންޓް ނަންބަރު: 7707700295001،  އެކައުންޓް ނަން: 1451 Revenue-1

މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.

ބީލަން ފޮތް

މި ބީލަމުގެ ބީލަންފޮތް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުންވެސް ބީލަންފޮތް ލިބެން ހުންނާނެއެވެ.

ބީލަން ހުށައެޅުން / ބީލަން ހުޅުވުން

ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2025 މާރޗް 20 ވާ ބުރާސްފަތި ދުވަހު 13:00އެވެ. ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ލ.މާވަށު ބަނދަރުމަރީ މަސްކަނޑާ އަށި ހެދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 2025 މާރޗް 20 ވާ ބުރާސްފަތި ދުވަހު 13:00ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މައުލޫމާތު

މި ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 6800718, 9498383 ނަންބަރު ފޯނަށެވެ.

އީމެއިލް ކުރައްވާނީ [email protected] އީމެއިލް އަށް،

10 މާރިޗު 2025
ހޯދާ