ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ކައުންސެލަރ
މަޤާމް ނަންބަރު: 188-OD/22/2015/54
މަސައްކަތް ހަމަޖެހިފައިވާ ތަން: ހިންމަފުށީ ސްކޫލް / ކ. ހިންމަފުށި
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠު: ތިރީގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވެފައިވުން.
މަޤާމު |
ރޭންކް |
ކުލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ކައުންސެލަރ |
އެމް. އެސް. 1 |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
-/5610
|
-/2000 |
އެހެނިހެން ޢިނާޔަތްތައް:
ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ ޗެޕްޓަރ ނަންބަރު 5 ގައިވާ ގޮތުގެ މަތިން، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެމަތިން ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ދެވޭނެއެވެ.
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
1. ކައުންސެލިންގ ޕުރޮގުރާމްތައް ރޭވުމާއި، އެ ޕުރޮގުރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑުތައް ބެލެހެއްޓުން.
2- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިނގގެ ފޮލޯއަޕް ހެދުން.
3- ދަރިވަރުންގެ ނަފުސާނީ މައްސަލަތަކާއި، ޖިސްމާނީ މައްސަލަތަކާއި، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުން ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.
4- ނަފުސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.
5- ސުކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ޙަފުލާތަކަށް، ސުކޫލުން އެދިއްޖެ ކޮންމެ ވަގުތަކު، މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އެކަމެއްގައި ބައިވެރިވެ، އެކަމެއް ނިމެންދެން ސުކޫލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ސްކޫލުގެ ދަރިވަރުންނަށް ކައުންސިލިންގ ދިނުން.
- ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް، ވެރިންގެ އިރުޝާދާއެކު އެޅުން.
- ދަރިވަރުންނާއި މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
- ސްކޫލުގައި ދަރިވަރުންނަށް އުނގެނޭނެ އަދި މުވައްޒަފުންނަށް މަސައްކަތްކުރެވޭނެފަދަ ރައްކާތެރި ރަނގަޅު މާޙައުލެއް ޤާއިމުކުރަން މެނޭޖްމަންޓާއެކު މަސައްކަތްކުރުން.
- ސްކޫލުގެ ޞިއްޙީ ޕޮރޮގްރާމްތައް ހިންގުމުގައި އެހީތެރިވެދިނުން.
- ކުދިން ބަލަހައްޓާނެ ގޮތާއި، އެކުދިންނަށް ބޭނުންވާނެ އެހީތެރިކަމަކީ ކޮބައިކަން އަންގައިދޭފަދަ ވޯރކްޝޮޕްތައް، ސުކޫލުގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ރާވައި ހިންގައިދިނުން.
- އަމިއްލަ ނަފްސު ކުރިއަރުވަން/ހަރުދަނާކުރަން މަސައްކަތްކުރުން.
- ދަރިވަރުންގެ ނަފުސާނީ، ޖިސްމާނީ، އަޚުލާޤީ ކަންތައްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، ތަފާތު ޕްރޮގުރާމުތައް ރާވައި ހިންގުން.
- ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެގޮތް:
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، 2015 އޮގަސްޓު 23 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- މަޢުލޫމާތު ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)
- މަސައްކަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)
- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އޮފީހަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވެރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު (މުވައްޒަފު މަސައްކަތްކުރާ އޮފީހުގެ މަޤާމަކަށް ކުރިމަތިލާނަމަ، މި ލިޔުން ހުށައަޅާކަށެއް ނުޖެހޭނެއެވެ.)
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ މުއައްސަސާގެ ލިޔުމެއް.
އިންޓަވިއު ކުރުން:
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހުގައެވެ.
- އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް، އިންޓަވިއު ބޭއްވޭނެ ތަނަކާއި، އިންޓަވިއު ކުރުން އޮންނަ ތާރީޚާއި ގަޑި، އިންޓަވިއުއަށް ހާޒިރުވެވޭނެ ވަގުތު އޮއްވައި، މި ސްކޫލުން އަންގާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް:
މި އިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑިގައި 6640585 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6640585 އެވެ.
އެހެނިހެން މަޢުލޫމާތު:
- މި މަޤާމަށް ހޮވޭ ފަރާތަކީ އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލްކުރެވޭނެއެވެ.
- މި މަޤާމަށް މީހަކު ހޮވޭނީ، އިންޓަރވިޔު ކުރުމަށްފަހުގައެވެ. މަގާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމްތައް ބާޠިލްވާނެއެވެ.
24 ޝައްޥާލް 1436