ދިވެހިރާއްޖެ
މި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 2 މިސްކިތުގައި 24000 BTU ގެ 8 އޭސީ އިންސްޓޯލް ކުރުމަށް ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ނޫރު އަދި މުނައްވަރު މިސްކިތުގައި 8 އޭސީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތް ކުރުމަށް ބޭނުންވާ އޭސީތަށް މި ކައުންސިލުން ފޯރުކޮށްދެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މި ކަމަށް އިތުރަށް ބޭނުންވާ ތަކެތި (އިންސްޓޯލް ކުރުމަށް) ހޯދަންވާނީ މަސައްކަތާއި ހަވާލުވާ ފަރާތުންނެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 12 މާރިޗް 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން 6569806 ނަންބަރަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލްކޮށްގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 13 މާރިޗް 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް 13 މާރިޗް 2025 ވާ ބުރާސްފަތި ދުވަހު 12:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.