މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"އީޑީއެސް އެކްސްރޭ މެޝިން" ސަޕުލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
"އީޑީއެސް އެކްސްރޭ މެޝިން" ސަޕުލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ
 
       މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި، މުދާ ސްކްރީން ކުރުމަށް ބޭނުންވާ  "އީޑީއެސް އެކްސްރޭ މެޝިން" ސަޕުލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ. 
 
       މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 މާރިޗު 18 ވާ އަންގާރަދުވަހުގެ ހެދުނު 11:30 ގެ ކުރިން އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮއްދެއްވަން ވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 
 
       މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.
 
10 މާރިޗު 2025
ހޯދާ