ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތީމު ކައުންސިލަށް އެޗް.އާރު ސޮފްޓްވެއަރ އެއް ޑިވަލޮޕްކޮށް، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހއ.އުތީމު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އުތީމު ކައުންސިލަށް އެޗް.އާރު ސޮފްޓްވެއަރ އެއް ޑިވަލޮޕްކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ހީރަސްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2025 މާރިޗް 16 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުން އޮންނާނީ 2025 އޭޕްރިލް 06  ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގައި ހއ.އުތީމު ކައުންސިލްގެ އިދާރާގައެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500038 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

10 މާރިޗު 2025
ހޯދާ